އުރީދޫ އަތޮޅު ދުވުމުގައި ބައިވެރިވުމަށް ގިނަ ފަރާތްތަކުން އެދުމާއި ގުޅިގެން ރެޖިސްޓަރވުމުގެ ފުރުސަތު އަލުން ހުޅުވައިލައިފިއެވެ.
އުރީދޫއިން ވިދާޅުވާ ގޮތުގައި އަތޮޅު ދުވުމުގައި ބައިވެރިވުމަށް ގިނަ ފަރާތްތަކުން އަދިވެސް ދަނީ އެދެމުން ކަމަށާއި އަތޮޅު ދުވުމުގައި ރަޖިސްޓްރީވުމުގެ ފުރުސަތު 31 ޖުލައި 2021 ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ.
އެހެންކަމުން އުރީދޫގެ އޮންލައިން ޕޯޓަލް ore.do/regstr މެދުވެރިކޮށް ރެޖިސްޓްރީކުރަމުން ގެންދާނެއެވެ. ހަމައެއާއެކު ރެޖިސްޓަރވެފައިވާ ދުވުންތެރިން ފޭސްބުކް، ޓްވިޓަރ އަދި އިންސްޓަގްރާމްގައި 31 ޖުލައި 2021 ގެ މެންދަމު 12ގެ ކުރިން ވަރޗުއަލް ބިބް ޝެއަރކޮށްގެން އަތޮޅު ދުވުމުގެ ޓީޝާރޓެއް ހޯދުމުގެ ފުރުސަތު އުރިދޫން މިވަނީ ހުޅުވާލައިފައެވެ.
މިއަހަރުގެ ދުވުމުގައި ދެކެޓެގަރީއެއް ހިމެނޭއިރު ކޮންމެ ކެޓެގަރީއަކުން ވަކިން ރެޖިސްޓަރވެ މުޅިއަކު 15 ކިލޯމީޓަރު ފުރިހަމަކުރަން ޖެހެއެވެ.5 އަހަރުން މަތީގެހުރިހާ ފަރާތްތަކަށް ވެސް ބައިވެރިވެވޭ މި ދުވުމުގައި ބައިވެރިވާ ފަރާތްތަށް، 1 އޯގަސްޓް އާއި 7 އޯގަސްޓްއާ ދެމެދުގެ ކޮންމެ ވަގުތެއްގައި ވެސް ދުވުން ފުރިހަމަކުރެވޭނެއެވެ.
އުރީދޫ އަތޮޅު ދުވުމުގައި ހިމެނޭ ދެކެޓަގަރީގައި 5 ކިލޯމީޓަރުގެ ދުވުމުގެ އިތުރުން، އަލަށް ތައާރަފް ކުރެވުނު10 ކިލޯމީޓަރ ގެ ކެޓެގަރީގައި ވެސް ބައިވެރިވެވޭނެއެވެ.
ރެޖިސްޓްރޭޝަން ފުރިހަމަ ކުރުމުން ޑިޖިޓަލް ބިބް އަދި ކޮންފަރމޭޝަން މެސެޖެއް ލިބިވަޑައިގަންނަވާނެއެވެ. ރެޖިސްޓަރ ކުރައްވައިފައިވާ ދުވުންތެރިން، އެބޭފުޅެއްގެ ދުވުން ސްޓްރާވާ އެޕް، ގާމިން ކަނެކްޓް، ރަންޓާސްޓިކް، ނައިކް ރަން ކްލަބް ނުވަތަ ރަންކީޕަރ އެޕްލިކޭޝަން މެދުވެރިކޮށް ޓްރެކްކޮށް، ނިންމައިފައިވާ ރަން ރޫޓްގެ ސްކީންޝޮޓް، ކޮންފަރމޭޝަން މެސެޖާ އެކު ލިބުނު ލިންކަށް އަޕްލޯޑް ކުރުމުން ޑިޖިޓަލް މެޑަލެއް ލިބިވަޑައިގަންނަވާނެއެވެ. ފިސިކަލް މެޑަލް ބޭނުންވާ ފަރާތްތަކަށް ކުޑަ އަގަކާ އެކު މޫލީ މެދުވެރިކޮށް އަޕްގްރޭޑްކޮށްލުމުން ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި ނަމަވެސް ހިލޭ ޑެލިވަރ ކޮށްލަދޭނެއެވެ.
މި ވަރޗުއަލް ދުވުމުގެ އިތުރު މަޢުލޫމާތު އުރީދޫ ވެބްސައިޓުން އަދި އުރީދޫ މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕޭޖްތަކުން ލިބިގެން ދާނެއެވެ.









