Search Streamline Icon: https://streamlinehq.com

ސައުދީގެ ރެޑް ލިސްޓުގައި ހިމެނޭ ޤައުމުތަކަށް ދަތުރުނުކުރަން އަންގައިފި

Download

ސައުދި އަރަބިއްޔާއިން އިއުލާންކޮށްފައިވާ ލިސްޓުގައިވާ ޤައުމުތަކަށް ދަތުރުކޮށްފިނަމަ 3 އަހަރުވަންދެން އެޤައުމުން ބޭރަށް ނުދެވޭގޮތަށް ހަދަން ސައުދީ ސަރުކާރުން ނިންމައިފިއެވެ.

ސައުދީ ޕްރެސް އެޖެންސީ (އެސްޕީއޭ) އިން ނެރެފައިވާ ރިޕޯޓެއްގައި ބުނާގޮތުން ކޮވިޑް-19 އިން ސަލާމަތްވުމަށްޓަކައި ސައުދީގެ ރައްޔިތުން ދަތުރުނުކުރުމަށް އަންގާ ރެޑް ލިސްޓެއް ވަނީ ނެރެފައެވެ. އެލިސްޓުގައިވާ ޤައުމުތަކަށް ދަތުރުކޮށްފިނަމަ ތިން އަހަރު ސައުދީން ބޭރަށް ނުދެވޭ ގޮތަށް ހަދަން ސަރުކާރުން ވަނީ ނިންމާފައެވެ. ކޮވިޑްގެ އާ ވޭރިއެންޓު އެޤައުމުތަކުގައި ފެތުރޭތީ އެ ވޭރިއެންޓުން ސަލާމަތްވުމަށް ސައުދީން ސަރުކާރުން އަޅާފައިވާ ފިޔަވަޅެއް ކަމަށެވެ.

އެހެންކަމުން މި ޤަވާއިދަށް އަމަލުނުކުރާ ފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމަށާއި ސައުދީ އަށް އެފަރާތަކުން އެނބުރި އައުމުން ތިން އަހަރުވަންދެން އެ ގައުމުން ބޭރުނުވެވޭނެ ކަމަށް އެސް.ޕީ.އޭ އާ ހަވާލާދީ އެޤައުމުގެ މީޑިޔާ ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

ސައުދީ ސަރުކާރުގެ ރެޑް ލިސްޓުގައި ހިމެނޭ ގައުމުތަކަކީ، އަފްޣާނިސްތާން، އާޖެންޓީނާ، ބްރެޒިލް، އިޖިޕްޓް، އިތޯޕިއާ، އިންޑިއާ، އިންޑޮނޭޝިޔާ، ލުބުނާން، ޕާކިސްތާން، ސައުތް އެފްރިކާ، ތުރުކީ، ވިއެޓްނާމް އަދި އެކުވެރި އަރަބި ދައުލަތެވެ.

Leave a Reply

Your email address will not be published. Required fields are marked *