Search Streamline Icon: https://streamlinehq.com

ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ ފެނިއްޖެ

Naufal

ގެއްލިގެން ހޯދަމުންދިޔަ އދ. ކުނބުރުދޫ އުމުރުން 26 އަހަރުގެ އަހްމަދު ނައުފަލް ފެނިއްޖެ އެވެ. އޭނާ ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފައްޓަވާފައިވަނީ މީގެ ތިން ދުވަސް ކުރިން ފެށިގެން އާއިލާއަށް އެއްވެސް ހަބަރެއް ނުވުގެން ފުލުހުންނަށް ރިޕޯޓު ކުރުމުންނެވެ.

ފުލުހުން ވިދާޅުވީ އދ. ކުނބުރުދޫ، ފެހިގެ، އަޙްމަދު ނައުފަލް (26އ) މިއަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުން ފެށިގެން އާއިލާއަށް އޭނާގެ އެއްވެސް ހަބަރެއްނުވެ، ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް މިކަން ރިޕޯޓްކޮށްފައިވާ ކަމުގައެވެ.

ފުލުހުން ވެސް ވަނީ ނައުފަލް ފެނިފައިވާކަމަށާއި އޭޏަގެ ޙާލު ރަނގަޅުކަން ކަށަވަރުކޮށް ދެއްވާފައެވެ.

ގެއްލިގެން ހޯދަމުންދިޔަ ނައުފަލް އާއި ގެހޭގޮތުން ބައެއް މީޑިއާ ތަކުގައި ރިޕޯޓުކޯށްފައިވާ ގޮތުގައި އާއިލާއިން އޭނާއާއި ނުގުޅުނީ އޭނާހަލާކުވުާއި ގުޅިގެންނެވެ. އަދި އާއިލާއަށް ގުޅާފައި އޭނާހުރީ ރޮމްބަސް ފިހާރަ ކުރިމަތީގަ ކަމަށާއި އޭނާގެ ޚަބަރެއް ނުވީ ފޯނު ހަލާކު ވެގެން ކަމަށް ބުނިކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ނައުފަލް މިހާރު ހުރީ މިހާރުހުރީ އޭނާގެ އާއިލާ ކައިރީގައެވެ.

Leave a Reply

Your email address will not be published. Required fields are marked *