Search Streamline Icon: https://streamlinehq.com

25 ޤައުމެއްގެ ރައްޔިތުންނަށް ޓެސްޓަކާނުލާ ލައިސަންސް ދޭން ނިންމައިފި

277114 3 835b01030fdb5a190cad8c0163e11b370d321119 medium

25 ޤައުމެއްގެ ރައްޔިތުން ޓެސްޓަކާނުލާ ރާއްޖޭގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ލިބޭގޮތް ހަދައިފި އެވެ.

ޓްރާންސްޕޯޓު އޮތޯރިޓީން ކުރި އިއުލާނެއްގައިވާ ގޮތުން އެޤައުމުތަކުގެ މީހުންގެ އަތުގައި އޮންނަ ލައިސަންސް ބޭނުންކޮށްގެން ރާއްޖޭގައިވެސް އެއްގަމު އުޅަނދު ދުއްވޭނެ ކަމަށާއި އެމީހުންނަށް އެއްވެސް ޓެސްޓެއް ހެދުމަކާއި ނުލައި ދާއިމީ ލައިސެންސް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އެންމެ ފަހުން ގެނައި އިސްލާޙާއެކު، އެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ނ) ގެ ދަށުން، އެމާއްދާގެ (ހ) ގައި ބަޔާންކުރާ އިމްތިހާން ހެދުމަކާއި ނުލައި ދާއިމީ ލައިސެންސް ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީއަށް ލިބިދީފައިވާ އިޚްތިޔާރުގެ ދަށުން އެޤައުމުތަކުގެ މީހުންނަށް ޓެސްތަކާނުލާ ލައިސަންސް ދޭގޮތަށް ހަމަޖެހިފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މި ގާނޫނުގެ ދަށުން އެ މިނިސްޓްރީން ލިސްޓުގައި ހިމަނާފައިވާ ގައުމުތަކަކީ އަފްޣާނިސްތާން، ބޫޓާން، އިންޑިޔާ، ނޭޕާލް، ޕާކިސްތާން، ސްރީލަންކާ، ބުރުނައީ، ކެމްބޯޑިއާ، އިންޑޮނީޝިއާ، ލާއޯސް، މެލޭޝިއާ، މިޔަންމާ، ފިލިޕީންސް، ސިންގަޕޫރު، ތައިލެންޑް، ވިއެޓްނާމް، ޖަޕާން، އިނގިރޭސިވިލާތް، އެމެރިކާ، ޗައިނާ، ޔުނައިޓެޑް އެރެބް އެމިރެޓްސް، ސްވިޓްޒާލޭންޑް، ސައުދީ އަރަބިއްޔާ، ބެލްޖިއަމް އަދި ޖަރުމަންވިލާތެވެ.

Leave a Reply

Your email address will not be published. Required fields are marked *