Search Streamline Icon: https://streamlinehq.com

ނުކުޅެދުންތެރިކަން ހުންނަ މީހަކަށް މުސާރަ ނުދޭ މައްސަލައެއް ފެންމަތިވެއްޖެ

IMG 20200329

ނުކުޅެދޭ ކުއްޖަކަށް މުސާރަ ނުދޭތާ ދެމަސްދުވަސް ވެއްޖެ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ހަނިމާދޫ ކައުންސިލްގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަ ނުކުޅެދުންތެރިކަން ހުންނަ މީހަކަށް މުސާރަ ނުދޭތާ ދެމަސް ދުވަސް ވެފައިވާކަމަށް ”ވަގުތު“ އަށް މީހަކު މައުލޫމާތުދީފައިވާ ކަމަށް އެމީޑިޔާއިން ހާމަކޮށްފިއެވެ.

ނަން ހާމަކުރުމަށް ބޭނުންނުވާ މީހަކު މައުލޫމާތު ދިންގޮތުގައި ހަނިމާދޫ ކައުންސިލުގައި ސެކިއުރިޓީއަކަށް އުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހާއަށް އެކުންފުނި މުސާރަ ދީފައިނުވާތާ ދެމަސްވެއްޖެ ކަމަށާއި އެތާނގެ ސެކިއުރިޓީ މުވައްޒަފުންގެ ތެރެއިން މުސާރަ ނުދެނީ ހަމައެކަނި އޭނައަށް ކަމަށެވެ.

ހަނިމާދު ކައުންސިލުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކުރަނީ އަމިއްލަ ކުންފުންޏެއް ކަމަށް އެމީހާ މައުލޫމާތު ދީފައިވާއިރު އޭނާ ވަނީ އެމައްސަލަ ކައުންސިލްގެ ސަމާލުކަމަށް ވެސް ގެނެސްފައެވެ. އެހެންނަމަވެސް ކައުންސިލުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް މައުލޫމާތުދިން މީހާ ބުނެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *