Search Streamline Icon: https://streamlinehq.com

ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު ދަމަހައްޓައިފި

Naseem Minister

ހެލްތު މިނިސްޓްރީއިން ޢާއްމުކުރައްވާފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު
އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ދަމަހައްޓައި މުއްދަތު އިތުރުކޮށްފި އެެވެ.

ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ސޮއިކުރައްވާ މިއަދު ނެރުއްވި ޤަރާރެއްގައި ބަޔާންކޮށްފައިވަނީ އަންނަ މަހުގެ އެއްވަނަދުވަހުގެ ނިޔަލަށް ކުއްލި ހާލަތުގެ މުއްދަތު ދައްމާލަން ނިންމަވާފައިވާ ކަމުގައެވެ.

ރާއްޖޭގައި އަދިވެސް ފުޅާދާއިރާއެއްގައި ކޮވިޑް-19 ފެތުރުމުގެ ނުރައްކާ އޮތުމުން، އެ ނުރައްކާ ކުޑަ ކުރުމަށް ހާއްސަ ފިޔަވަޅު އަޅަން ޖެހޭ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ލަފާ ދެއްވުމުން މިނިސްޓަރ ނިންމަވާފައިވާ ނިންމުމެއްކަމަށްވެސް އެ ގަރާރުގައި ބަޔާންކޮށްފައި ވެއެވެ.

”ވަގުތާއި ޙާލަތަށް ރިޢާޔަތްކޮށް، ޢާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރިކަން ކަށަވަރު ކުރުމަށްޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު ގެ ދަށުން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އަޅަމުންގެންދިޔުމަށް، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަހުރެން އަންގަމެވެ.“ ހެލްތް މިނިސްޓަރ ނަސީމްގެ ގަރާރުގައި ބަޔާންކޮށްފައި ވެއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމުގެ ގޮތުން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އެންމެ ފުރަތަމަ އިއުލާން ކުރީ 2020 ވަނައަހަރުގެ މާރިޗު މަހުގެ 12ވަނަ ދުވަހު އެވެ. އެފަހަރު ޢާއްމު ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތަކީ 30 ދުވަހެވެ. ނަމަވެސް އޭގެ ފަހުން ކޮންމެ މަހަކުވެސް އެ މުއްދަތު ވަނީ އިތުރުކޮށްފައެވެ. އެގޮތުން އެންމެ ފަހުން ޞިއްޙި ކުއްލި ޙާލަތު އިތުރު ކުރައްވާފައިވަނީ މިއަދުގެ ނިޔަލަށެވެ.

Leave a Reply

Your email address will not be published. Required fields are marked *