Search Streamline Icon: https://streamlinehq.com

ފެހެންދޫ ބަނދަރު މަޝްރޫއުގެ މަސައްކަތް ނިމެނީ

Fehendhoo bandhanru

މާޅޮސްމަޑުލު ދެކުނުބުރީ ފެހެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 90 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ ކުންފުނިކަމުގައިވާ މޯލްޑީވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރަކްޝަން ކޮމްލެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީ އިން ހާމަކުރެއްވި ގޮތުގައި ފެހެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 90 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި ބަނދަރުގެ ނުނިމި ހުރި މަސައކަތް ވަރަށް އަވަހަށް ނިންމައިލެވޭނެ ކަމަށްވެސް ނިމިފައިވާ ފެހެންދޫ ބަނދަރުގެ މަސައްކަތް ކުރަމުން އަންނަ ކުންފުނި، އެމްޓީސީސީ އިން ހާމަކުރައްވަ އެވެ.

އެމްޓީސީސީ އިން ހާމަކުރެއްވި ގޮތުގައި، ފެހެންދޫ ބަނދަރުގެ މަޝްރޫއުގެ ދަށުން އަޅާ ބުރިޖުގެ މަސައްކަތުގެވެސް 91 ޕަސެންޓް މިހާރުވަނީ ނިމިފައެވެ.

މި މަޝްރޫއުގެ ދަށުން، 18,500 ކިއުބިކް މީޓަރުގެ އާ ހާބަރު ބޭސިން ފުންކުރުމާއި 25,000 ކިއުބިކް މީޓަރުގެ ނެރަށް ވަންނަ ސަރަހައްދު ފުންކުރުމާއި 214 މީޓަރުގެ އެއްގަމު ތޮއްޓަކައި 130 މީޓަރުގެ ތޮއްޓަކާއި 282 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހާނެ އެވެ.

ފެހެންދޫ ބަނދަރުގެ މަޝްރޫއާއި އެކު އެރަށުގައި މަގުބައްތި ޖެހުމާއި، ނެރު ބައްތި ހަރުކުރުމާއި 558 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުންވެސް ހިމެނެ އެވެ.

ފެހެންދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާއި ޙަވާލު ކުރައްވާފައިވަނީ 07 ފެބުރުވަރީ 2019އި ގައެވެ. 2019 ފެބްރުވަރީ 07 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 45.1 މިލިއަން ރުފިޔާގެ މަޝްރޫޢެއް ކަމަށް އެކުންފުނިން ހާމަކުރައްވައެވެ.

Leave a Reply

Your email address will not be published. Required fields are marked *