ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރާއި ލޯބި ލިބިގެން ޒަމާނީ ފެންވަރަށް ޞިއްޙީ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ޓްރީ ޓޮޕް ހޮސްޕިޓަލްގެ މެޑިކަލް ކޭމްޕެއް އޭދަފުށީގައި ބޭއްވި ޓްރީ މެޑިކަލް ކޭމްޕަށް މިކޭމްޕް އާއްމުންގެ ބޮޑު ތަރުހީބަކާއި އެކު ނިންމާލައިފިއެވެ.
އާންމުންގެ ބޮޑު ތަރުހީބަކާ އެކު، ޓްރީޓޮޕް ހޮސްޕިޓަލުން އޭދަފުށީގައި ބޭއްވި ހެލްތު ކޭމްޕް ނިންމާލާފައިވަނީ އިއްޔެ އެވެ.
ނިމިގެން ދިޔަ ކޭމްޕް އާއި ބެހޭގޮތުން ބ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ހެލްތު ސާވިސް މުހައްމަދު ރަޝީދު ވިދާޅުވި ގޮތުގައި އެ ހޮސްޕިޓަލުން މިފަދަ ކޭމްޕުތައް ބޭއްވުމުގެ އެންމެ ބޮޑު މަގްސަދަކީ، މިއަތޮޅުގެ ރައްޔިތުން މާލެގޮސް ސިއްހީ ޚިދުމަތްތައް ހޯދުމަށްޓަކައި ކުރަންޖެހޭ ހޭދަތައް ނުކޮށް، އަމިއްލަ ރަށުގައި ބައިތިއްބައިގެ އެ ޚިދުމަތް ފޯރުކޮށްދިނުމެވެ. އަދި މިއީ ރައްޔިތުންނަށް ގާތުން ޚިދުމަތް ދިނުމަށް ބާއްވާ ކޭމްޕުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދެދުވަހަށް ކުރިއަށް ގެންދިޔަ މި ހެލްތު ކޭމްޕް ހުކުރު ދުވަހު ހެނދުނު 9 އިން އިއްޔެ ހަވީރު 6 އަށް ނިންމާލާފައިވާއިރު މިކޭމްޕްގައި 301 ބަލިމީހަކަށް ވަނީ ފަރުވާ ދެއްްވާފައެވެ. އަދި މި ކޭމްޕްގައި ޓްރީޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންނަށް ދެއްކުމުގެ ފުރުޞަތުވެސް ވަނީ ހިލޭ ލިބިފަ އެވެ.
އޭދަފުށިގައި ކުރިއަށް ގެންދިޔަ މިކޭމްޕްގައި ކަށީގެ އޮޕަރޭޝަންގެ ޚާއްޞަ ތިން ޑޮކްޓަރުން ކަމަށްވާ ޑރ. މުހައްމަދު ޙަބީބުއާއި ޑރ. ޙުސައިން ފައިސަލް އާއި ޑރ. އަލީ މުޒުނީ އަދި ކުޑަކަމުދާ ނިޒާމުގެ ޚާއްޞަ ޑޮކްޓަރު ޑރ. މެހެމަތު އޯޑަ އަށް ދެއްކުމުގެ ފުރުޞަތު ވެސް ވަނީ ކޭމްޕްގެ ބައިވެރިންނަށް ލިބިފައެވެ.
މިއީ ޓްރީޓޮޕް ހޮސްޕިޓަލާއި ބ. އަތޮޅު ހޮސްޕިޓަލު ގުޅިގެން ބޭއްވި ކޭމްޕެކެވެ.
މި ކޭމްޕަށް ބ. އަތޮޅު ކައުންސިލާއި އޭދަފުށީ ކައުންސިލް އަދި ޖަމިއްޔަތުލް ވަފާ އާއި ފޭލި ޖަމިއްޔާގެ އިތުރުން ބައެއް އާއްމުންގެ އެހީތެރިކަން ވެސް ލިބުނުކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ބުންޏެވެ.










