ކޮންމެ އަހަރަކުވެސް ދިވެހިރާއްޖޭގައި ފާހަގަކުރަމުންދާ މަސްވެރިންގެ ދުވަސް މިއަހަރު މާލެ އަތޮޅު ގާފަރުގައި ފާހަގަ ކުރުމަށް ދިވެހި ސަރުކާރުން ނިންމަވައިފި އެވެ.
މިއަހަރުގެ މަސްވެރިންގެ ދުވަސް މާލެއާއި ކައިރި ރަށެއްގައި ފާހަގަކުރުމަށް ސަރުކާރުން ނިންމާފައި މިވަނި ކޮވިޑް-19ގެ ސަބަބުން ޚަރަދު ކުޑަކުރުމުގެ ގޮތުން ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކުރައްވަ އެވެ. އެހެންކަމުން މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ކުރިމަތިލާން އާންމުކޮށް ހުޅުވާނުލާ ކަމަށްވެސް އެ މިނިސްޓްރީން ހާމަކުރައްވައެވެ.
”ދިވެހިންގެ ލޭނާރު“ކަމުގައިވާ މަސްވެރިންގެ ދުވަސް މިއަހަރު ގާފަރުގައި ބޭއްވުމަށް ނިންމަވާފައިވަނީ ގާފަރު ކައުންސިލާއި މަޝްވަރާކުރުމަށްފަހުގައި މަކަށްވެސް އެ މިނިސްޓްރީން ހާމަކުރައްވަ އެވެ.
މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަސް ވާޗުއަލް ކޮށް ފާހަގަކޮށްފައިވަނީ ކޮވިޑް-19 ގެ ސަބަބުންނެވެ.









