Search Streamline Icon: https://streamlinehq.com

ސަމާލުވޭ، 50 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭ: މެޓް އޮފީށް

Moosum fenvaru Online

ދިވެހިރާއްޖެއަށް މިހާރު ކުރަމުން މިދާ ވިއްސާރައިގައި މިހާރަށްވުރެ އިތުރަށް މޫސުން ގޯސްވެދާނެކަމަށް ލަފާކުރައްވައި ދިވެހިރާއްޖޭގެ މޫސުމާއިބެހޭ ޤައުމީ އިދާރާއިން ރާއްޖޭގެ ބޮޑުބަޔަކަށް ޔެލޯ އެލާޓު ނެރެފި އެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓު ނެރެފައިވަނީ މިއަދު މެންދުރު 12:15 އިން ފެށިގެން 16:30 އަށް ޔެލޯ އެލާޓް ނެރެފައިވަނީ ހއ.އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް ށެވެ.

މޫސުމާއިބެހޭ ޤައުމީ އިދާރާއިން ހާމަކުރެއްވި ގޮތުގައި އެލާޓްގެ ގަޑީގައި ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށްވެސް ވަނީ ލަފާކުރައްވާފައެވެ. އަދި ކަނޑުތައް ގަދަވެ އުދަ އަރާނެ ކަމަށްވެސް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައެވެ.

މޫސުމާއިބެހޭ ޤައުމީ އިދާރާއިން ހާމަކުރެއްވި ގޮތުގައި ދިޔަވަރު ބޮޑު ގަޑިތަކުގައި ބައެއް ރަށްތަކަށް ރާޅު އެރުން އެކަށީގެންވެއެވެ. އަދި ބޯކޮށް ވާރޭވެހި، ފެންބޮޑުވެ، ވައި ގަދަވެ ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ހުރިހައި ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް ދަންނަވާކަމަށްވެސް މޫސުމާއިބެހޭ ޤައުމީއިދާރާއިން ވަނީ ދަންނަވާފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *