Search Streamline Icon: https://streamlinehq.com

މިނިވަންކަމަށްވުރެ މުހިންމީ ލެއްގި ވެރިކަން: މަލީޙް

Maleeh1

ރާއްޖޭގެ މިނިވަންކަމަށްވުރެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މުހިންމީ ލެއްގި ވެރިކަން އަތުން ބީވިޔަނުދީ ދެމެހެއްޓުން ކަމަށް ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހް ޖަމާލު ވިދާޅުވެއްޖެެވެ.

މަލީހް މިހެންވިދާޅުވީ އިދިކޮޅު ކޯލިޝަނުން ”މިނިވަންކަމުގެ ދިފާއުގައި ދިވެހިން“ މި ނަމުގައި މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ ޖަލްސާގެ ޕޯސްޓް ޝެއަރ ކުރައްވަމުން ކުރެއްވި ޓުވީޓެއްގައެވެ.

މަލީހް ވިދާޅުވީ ރައީސް އިބަރާހިމް މުހައްމަދު ސޯލިހް ހުންނެވީ 2 ވަނަ ދައުރުގެ މަސްތު ރަގަޅަށް ކަށީގައި ހިފާފައިކަމަށެވެ. އަދި އެ މަނިކުފާނަށް މިހާރު މުހިންމީ ގައުމުގެ މިނިވަންކަމަށްވުރެ ލެއްގިވެރިކަން ދިފާއުކުރުންކަމަށެވެ. އެެހެންކަމުން މިވަގުތު ރާއްޖޭގެ މިނިވަންކަން ދިފާއު ކުރެވޭނީ ދިވެހި ރައްޔިތުން ކަށިން ހިތްވަރު ނެރެގެންކަމަށްވެސް މަލީހް ވިދާޅުވިއެވެ.

މުހައްމަދު މަލީހް ޖަމާލަކީ ރައީސް ޔާމިންގެ ވެރިކަމުގައި މިނިސްޓަރ ކަން ކުރައްވާފައިވާބޭފުޅެކެވެ. އަދި މި ސަރުކާރުގައި އަލަށް އުފެއްދެވި ޓެކްނޮލޮޖީ މިނިސްޓްރީގެ މިނިސްޓަރު ކަން ވެސް ކުރެއްވި ބޭފުޅެކެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *