Search Streamline Icon: https://streamlinehq.com

މަސްވެރިންނަށް ހަމައަގު ލިބޭނީ 2023 ވަނަ އަހަރު

Fisherman maldives fenvaru

ދިވެހިރާއްޖޭގެ ލޭނާރުކަމުގައިވާ ދިވެހި މަސްވެރިން ބާނާމަހަށް ހަމަ އަގު ދިނުމުގެ ވައުދު ފުއްދޭނީ ޅ. ފެލިވަރުގައި މިހާރު ހިންގަމުން އަންނަ މަޝްރޫއު ނިމުމުން ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

ފިޝަރީޒް މިނިސްޓަރ ހުސައިން ރަޝީދު ވިދާޅުވީ މި ޕްރޮޖެކްޓް މިހާރު އޮތީ ފެށިފައި ކަމަށާއި، 2023 ވަނަ އަހަރުގެ މެދުތެރޭގައި، ނޫނީ އޭގެ ކުރީކޮޅު އެތަނުގެ މަސައްކަތްތަށް ނިމޭނެ ކަމުގަ އެވެ.

ހުސައިން މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރ.އަތޮޅު އިނގުރައިދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ހަސަން އަޙްމަދު (ހަސަންޓޭ) ރައްޔިތުންގެ މަޖްލީހުގައި، ފިޝަރީޒް މިނިސްޓަރު ހުސައިންއާއި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މި ސަރުކާރުގެ ވައުދެއް ކަމަށްވާ މަސްވެރިންނަށް “ހަމަ އަގު” ހޯދައިދިނުމުގެ ވައުދު ފުއްދައިދެވޭނީ ކޮން އިރަކުތޯ ހަސަންޓޭވަނީ ފިޝަރީޒް މިނިސްޓަރާއި ސުވާލުކުރައްވާފައެވެ.

ހަސަންޓޭގެ ސުވާލަށް ޖަވާބު ދެއްވަމުން ފިޝަރީޒް މިނިސްޓަރު ވަނީ ފެލިވަރު ތަރައްޤީކުރުމުގެ މަޝްރޫޢުއާއި ގުޅޭ ތަފްސީލްތައް ހިއްސާކުރައްވާފަ އެވެ. މިނިސްޓަރު ވިދާޅުވެފައިވަނީ 35 މިލިއަން ރުފިޔާގެ މި ޕްރޮޖެކްޓަކާއިއެކު ފެލިވަރުގައި 280 ޓަނުގެ ރޯމަސް ގަނެ، ފްރީޒް ކުރުމުގެ ގާބިލްކަން ލިބިގެން ގޮސް، އިތުރު 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖް ގާއިމްކުރެވިގެންދާނެ ކަމުގަ އެވެ. އަދި ފެލިވަރުގެ ކޭނަރީ އަޕްގްރޭޑްކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

”މި ސަރުކާރުން މިދަނީ އެތަން 100 ޓަނު ދުވާލަކު ގަނެ ޕްރޮސެސް ކުރެވޭގޮތަށް ބަދަލުކުރަމުން. މިއީ މިއީން ޒަމާނަކުވެސް ރާއްޖޭގައި ނުކުރާފަދަ އިސްވެސްޓްމަންޓްއެއް“ ފިޝަރީޒް މިނިސްޓަރ ހުސައިން ރަޝީދު ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ މި ޕްރޮޖެކްޓުގެ ދަށުން އަޅާ އައިސް ޕްލާންޓާއި، ބަޖެޓުން ޚަރަދުކޮށްގެން އަޅަމުން ގެންދާ އައިސް ޕްލާންޓާއެކު 175 ޓަނުގެ އައިސް ފެލިވަރުގައި އުފެއްދޭނެ ކަމުގަ އެވެ. އަދި މި ޕްރޮޖެކްޓް މިހާރު އޮތީ ފެށިފައި ކަމަށާއި، 2023 ވަނަ އަހަރުގެ މެދު ތެރޭގައި ނުވަތަ އަހަރުގެ ކުރީކޮޅު މަސައްކަތްތަށް ނިމޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދުފުޅެކެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައިތިން އަހަރު ނިމުމަކާއި ގާތްވެފައިވާ އިރު އަދިވެސް ދިވެހި މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުލިބޭއިރު، މިހާރު ދެމުންދާ ކުޑައަގުވެސް ދުވަހުން ދުވަހަށް ނުލިބޭ ކަމުގެ ކަމުގެ ޝަކުވާ ގިނަ މަސްވެރިން ދަނީ ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *