Search Streamline Icon: https://streamlinehq.com

އަމީން މިނިވަންކުރި މައްސަލައިގެ އިސްތިއުނާފީ ޝަރީއަތް ކުރިޔަށް ނުގެނދެވުނު

File o0wmwy

އައިއެސް ޖަމާއަތާއި ގުޅިގެން ޓެރަރިޒަމް އަމަލު ހިންގާކަމަށް ތުހުމަތުކުރާ މުހައްމަދު އަމީންގެ މައްސަލަ ބާތިލް ކުރުމަށްފަހު އޭނާ މިނިވަންކުރުމަށް ހައިކޯޓުން ކުރި ހުކުމްގެ އިސްތިއުނާފީ ޝަރީއަތް މިއަދު ކުރިޔަށް ގެންދެވޭގޮތެއްނުވެގެން އަޑުއެހުން ވަނީ ނިންމާލާފައެވެ.

މިއަޑުއެހުން ކުރިޔަށް ނުގެންދެވިގެން މެދުކަނޑާލަން ޖެހުނީ އަމީންގެ ވަކީލަކަށް ހަމަޖައްސާފައިވާ އަހުމަދު ވިޝާން، އަމީންގެ ވަކީލަކަށް އައްޔަން ކުރިކަން އަންގަން ކޯޓަށް ހުށަހެޅި ލިޔުމުގައި އޭނަގެ ސޮއި އަދި އިގިލީގެ ނިޝާންވެސް ނެތުމުންނެވެ.

އެހެންކަމުން މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު މުއްތަސިމް އަދުނާން ވިދާޅުވީ ވަކީލަކާއިނުލާ މިމައްސަލަ ކުރިޔަށް ނުގެންދެވޭނެ ކަމަށާއި މިމައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ތާވަލްކުރެވިގެންދާނެކަމަށެވެ.

މީގެ އިތުރުން ސިއްޚީ ހާލަތު އެހާ ރަނގަޅުނޫންކަމަށް ބުނެ އަމީން ހުށަހެޅުއްވި މެޑިކަލް ސެޓްފިކެޓް ބެއްލެވުމަށްފަހު އުއްތަމަ ފަނޑިޔާރު ވިދާޅުވީ ދިމާވެފައިވާ ސިއްޚީ މައްސަލަ އިތުރަށް އެގޭނެހެން ބަޔާންކޮށް ކޯޓަށް ހުށަހެޅުމަށާއި ދިމާވެފައިވާ ސިއްހީ މައްސަލައަކީ މަގުބޫލު މައްސަލައެއްކަން އެނގޭނީ ލިޔުންތައް ބެލުމަށްފަހު ކަމަށެވެ.

މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ އުއްތަމަ ފަނޑިޔާރު އަޙުމަދު މުއުތަސިމް އަދުނާން، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު، އަދި ފަނޑިޔާރު ހުސްނުއްސުއޫދެވެ.

އަމީންއަކީ އައިއެސްގެ އިސް ލީޑަރެއްކަމަށް އެމެރިކާއިން ދައުވާކޮށްފައިވާއިރު އަމީންގެ މައްޗަށް ކުރެވުނު ދައުވާއަކީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ.

މައްސަލަ ބާތިލްކޮށް އަމީން މިނިވަންކުރިނަމަވެސް އޭނާގެ މައްޗަށް ވަނީ މޮނިކޮން އަމުރެއް ނެރެ މާލެއިން ފުރައިގެން ދިޔުން މަނާކޮށްފައެވެ. އަދި ހެނދުނު ހަޔަކުން ހަވީރު ހަޔަކަށް ގެއިން ބޭރަށް ނުކުތުން ވެސް އޭނައަށް މަނާވާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *