Search Streamline Icon: https://streamlinehq.com

ދީނީ މިނިވަންކަން ދިނުމަށް މަސައްކަތް ކުރަނީ ރައީސް: އަދުރޭ

Big ggTvtN6Wxika0TS8rEmnczyjK

ދިވެހި ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް މަސައްކަތް ކުރަމުން އަންނަނީ ޚުދު ރައީސް އިބްރާހިމް މުހައްމަދު ސޯލީހް ކަމަށް އިދިކޮޅު ކޯލިޝަނުގެ އެކްޓިވް ލީޑަރ އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޤައުމީ ދުވަހުގެ މުނާސަބަތުގައި ރޭ ބެއްވި ދިދަނެގުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލީހް ދެއްކެވި ވާހަކަފުޅަށް ދިވެހިން ބައިބައި ކުރުމަށް ބަޔަކު ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަކަމަށް ވަނީ ވިދާޅުވެފައެވެ.

”ނުރަނގަޅު ފިކުރުތައް އަޅުގަނޑުމެންގެ ތެރެއަށް ފަތުރައި އިޖްތިމާއީ އަދަބު އަހުލާގުގެ ހަފޮޅުން ބޭރުކޮށް ދިވެހިން ބައިބައިކުރުމަށް ބަޔަކު ކެނޑިނޭޅި އެބަ މަސައްކަތް ކުރޭ. މިފަދަ ފިކުރުތަކަށް ފާޅުގައި ނޫނެކޭ ބުނެ އަހުލާގީ އެންމެ މަތީ މިންގަނޑުގައި ސާބިތުވެ ތިބޭ ބައެއްގެ ގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް“

ރައީސް އިބްރާޙިމް މުހައްމަދު ސޯލީހް

މި ވާހަކަފުޅަށް ރައްދު ދެއްވާ އަބްދުއްރަހީމް ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ ދިވެހީން ބައިބައިކޮށް ދިވެހީންގެ ޒަމާންވީ އެކުވެރިކަމާ އެއްބައިވަންތަކަން ނަގާލާ، މިނިވަންކަމާ ގައުމިއްޔަތު ވިއްކާލާ ދިވެހީން އަޅުވެތިކޮށް މި ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމުގެ މަސައްކަތްކުރަނީ ޚުދު ރައީސް އިބްރާހިމް މުހައްމަދު ސޯލީހް ކަމަށެވެ.

https://mobile.twitter.com/Banafsaa/status/1445841906336878599

މި ސަރުކާރުގެ ސިޔާސަތުތަކާއިމެދު އިދި ކޮޅު ކޯލިޝަނުން އަންނަނީ ވަރަށް ބޮޑަށް ފާދުކިޔަމުންނެވެ. އެގޮތުން މި ސަރުކާރު އޮތީ އިންޑިއާގެ އަޅުވެތިކަމުގައިކަމަށްވެސް އަންނަނީ ތުހުމަތު ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *