Search Streamline Icon: https://streamlinehq.com

ސާފް ޗެމްޕިއަންޝިޕް: ފައިނަލަށް ދިއުމުގެ ފުރުސަތު 4 ޓީމަށް

Advertisement

ރާއްޖޭގައި މިހާރު ކުޅެމުންދާ މި ސަރަހައްދުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ވާދަވެރިކަން އެެހެން އަހަރުތަކާއި ޚިލާފަށް އިތުރުވެއްޖެއެވެ. އެގޮތުން މުބާރާތުގައި ބާކީ 2 މެޗް އޮތްއިރު ފައިނަލަށް ދިއުމުގެ ފުރުސަތު މުބާރާތުގައި ވާދަކުރާ 5 ޓީމުގެ ތެރެއިން 4 ޓީމަށްވެސް އޮތުމަކީ އޭގެ ހެއްކެކެވެ.

މުބާރާތުގައި ވާދަކުރި ފަސް ޓީމުގެ ތެރެއިން މުބާރާތުން ކަޑާފައި ވަނީ ލަންކާއެވެ. އެޓީމު ކުޅުނު 4 މެޗުގެ ތެރެއިން 3 މެޗުން ބަލިވެ، އެއް މެޗުން އެއްވަރުވެގެން ލިބިފައިވަނީ 1 ޕޮއިންޓެވެ. އެހެންނަމަވެސް މުބާރާތުގައި ރަގަޅު ކުޅުމެއް ލަންކާގެ ފަރާތުންވެސް ވަނީ ފެނިފައެވެ.

ނޭޕާލް އަދި ބަންގްލަދޭޝް އަށްވެސް ފައިނަލަށް ދިއުމުގެ ފުރުސަތު

ބަންގްލަދޭޝް އިންޑިއާ މެޗްގެ ތެރެއިން، މި މެޗުން ވަނީ 1-1 ން އެއްވަރުވެފައެވެ.

ސާފް ޗެމްޕިއަންޝިޕް ލީގު އުސޫލުން ކުޅޭއިރު މިހާރު ބާކީ އޮތީ 2 މެޗެވެ. އެއީ މިއަދު ހަވީރު އެއް މެޗް އަދި ރޭގަނޑު އެއްމެޗެވެ. ހަވީރު ކުޅޭ މެޗުގައި ބަންގްލަދޭޝް އާއި ނޭޕާލް ބައްދަލު ކުރާއިރު، ތާވަލުގެ އެންމެ ކުރީގައި ނޭޕާލު އޮތީ ކުޅުނު 3 މެޗުގެ ތެރެއިން 2 މެޗުން މޮޅުވެ، އެއްމެޗުން އެއްވަރުވެ. ފައިދާ 1 ގޯލާއި އެކުއެވެ. ބަންގްލަދޭޝް އޮތީ ކުޅުނު 3 މެޗުގެ ތެރެއިން 1 މެޗް އެއްވަރުވެ، އެއްމެޗުން ބަލިވެ އެއް މެޗުން މޮޅުވެ، 4 ޕޮއިންޓް ލިބި މައިނަސް 1 ގޯލް އާއިއެކުއެވެ. އެހެންކަމުން މިއަދު ހަވީރުގެ މެޗުން މޮޅުވިޔަސް ނުވަތަ އެއްވަރު ވިޔަސް ނޭޕާލް ފައިނަލަށް ދާނެއެވެ. އެހެން ނަމަވެސް ބަނގްލަދޭޝް ފައިނަލަށް ދެވެން އޮތް ގޮތަކީ ހަމައެކަނި މޮޅުވުމެވެ.

އިންޑިއާ އަދި ދިވެހިރާއްޖެ އަށްވެސް ފައިނަލަށް ދެވިދާނެ

Advertisement
ނޭޕާލްގެ ޤައުމީ ފުޓްބޯޅަ ޓީމް

އުރީދޫ ސާފް ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައި އޮތީ ސަރަހައްދުގެ ބޮޑު ބާރުކަމަށް ގިނަ ބަޔަކު ބުނަމުންދާ އިންޑިއާއެވެ. އެހެން ނަމަވެސް އިންޑިއާއަށް ފައިނަލަށްދެވޭނީ ރާއްޖެއަތުން މޮޅުވެގެންނެވެ. ތާވަލުގެ 4 ވަނައިގައި އިންޑިއާ އޮތީ ކުޅުނު ދެ މެޗުން އެއްވަރުވެ، އެއްމެޗުން މޮޅުވެ ޖުމްލަ 5 ޕޮއިންޓް ލިބިގެންނެވެ. ރާއްޖެއަށް މެޗް އެއްވަރުކޮށްލައިގެންވެސް ފައިނަލަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. އެހެންނަމަވެސް ރާއްޖެއަށްވެސް މެޗް ވެގެންދާނީ ޕްރެޝަރ މެޗަކަށެވެ.

ބަންގްލަދޭޝް އިންޑިއާ މެޗުގެ ތެރެއިން، މިމެޗް ރާއްޖެ ކާމިޔާބު ކުރީ 2-0 ގެ ނަތީޖާއަކުން.

މުބާރާތުގައި ރާއްޖެ އަދި ނޭޕާލް އަށް ފައިނަލަށް ޑުރޯ އަކުން ފައިނަލަށް ދިއުމުގެ ފުރުސަތު އޮތް ނަމަވެސް ކޮންމެ، އެއްވެސް މެޗެއް ފަސޭހަ ނުވާނެކަމަށް ދެ ޓީމުގެ ކޯޗުންވެސް ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން މިއަދުގެ މެޗުތައް ވެގެންދާނީ ސަޕޯޓަރުން ވެސް ނޭވާ ހިފަހައްޓާލައިގެން ތިބެންޖެހޭފަދަ މެޗްތަކަކަށެވެ. ފައިނަލަށް ދާނެ ޓީމުތައް ކަށަވަރުވާނީ މެޗްތައް ނިމުނީމައެވެ.

 

 

 

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި