Search Streamline Icon: https://streamlinehq.com

ފަހުގެ

މުލަކުގެ އިރު ދެކުނުން 13 މޭލު ބޭރުގައި އޮއިވާލި ކަނދުފައްޗެއް ޤާއިމުކޮށްފި

Kandufathi
Advertisement

މ.އަތޮޅު މުލަކުގެ އިރުމަތީ ފަރާތުގައި ޤާއިމް ކޮށްފައިވާ ދޮށީ ކަނދުފަތި ކަނޑައިގެން ދިއުމާއި ގުޅިގެން މުލަކުގެ އިރުދެކުނުން 13 މޭލު ބޭރުގައި އެ ކަނދުފަތި ޤާއިމްކޮށްފައިވާކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

ދިވެހި މަސްވސްވެރިންނަށް އަތޮޅާއި ކައިރިން މަސްވެރިކަން ކުރުމުގެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން ދިވެހި ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުގައި ޤާއިމް ކޮށްފައިވާ ކަނދުފަތިތަށް ދޭތެރެ ދޭތެރެއިން ކަނޑައިގެން ދިއުމާއި ގުޅިގެން މަސްވެރިން ވަނީ ނުހަނު އުނދަނގޫތަކާއި ކުރިމަތިލާންޖެހިފައެވެ.

މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުގައި އެތައް ކަނދުފައްޗެއް ކަނޑައިގެން ގޮސްފައިވާކަން ފާހަގަކުރެވެއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރާ ގޮތުގައި، މ.އަތޮޅުގައި ޤާއިމްކުރި ދޮށީ ކަނދުފަތީގެ ނަންބަރަކ K10D01-01 އެވެ. އަދި މި ކަނދުފަތި ޤާއިމުކޮށްފައިވާ ޖީލީއެސް ލޮކޭޝަނަކީ 2°50.550N 73°47.650E  އެވެ.

މަސްވެރިކަމާއިބެހޭ ވުޒާރާއިން ހާމަކުރައްވާ ގޮތުގައި މި ކަނދުފަތިތައް ޤާއިމްކުރުމުގެ ސަބަބުން އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއަރައި ފަސޭހަވެގެން ދާނެއެވެ. އަދި  އެ ސަރަޙައްދުގެ މަސްވެރިން، ޚާއްޞަކޮށް ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގްގައި ޝާމިލްވާ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެކަން ވެސް އެ ވުޒާރާއިން ވަނީ ފާހަގަކުރައްވާފަ އެވެ.

Advertisement

މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގެ ތެރެއިން، ކަނދުފަތި އެޅުމަކީ ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ހިންގާ މަޝްރޫޢެކެވެ. ކުރިއަށް އޮތް ތަނުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރު ކަނދުފަތިތައް ޤާއިމްކުރުމުގެ އިންތިޒާމް އެ ވުޒާރާއިން މެދުކެނޑުމެއްނެތި ކުރިއަށްގެންދަވާނެކަމުގެ ޔަޤީންކަން މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ދެއްވާފަ އެވެ.

ދިވެހިރާއްޖޭގެ ކަނދުފަތީގެ ވިއުގަ މިހާރަށްވުރެ އިތުރަށް ފުޅައުކޮށް، ހަރުދަނާކުރުމާއި ޒަމާނީ ޓެކްނޮލޮޖީގެ ވަޞީލަތްތައް ބޭނުންކޮށްގެން އައު ފަރުމާއަކަށް ބަދަލުކުރުމުގެ މަޝްރޫޢެއް އެ ވުޒާރާއިން ވަނީ ފައްޓަވާފަ އެވެ.

މިހާރަކަށް އައިސް މަސްވެރިންގެ އެންމެ ބޮޑު އެއް ޝަކުވާއަކަށް ވެފައިވަނީ ރާއްޖޭގެ އެކި ސަރަހައްދުގައި އަޅާފައިވާ ދޮށީ ކަނދުފައިތައް ކަނޑައިގެން ދާލެއް އަވަސްވުމާއި ދޮށީ ކަނދުފަތިތަކުގެ ކައިރީގައި ޑީންގީތަކާއި މަސްދޯނިފަހަރު ފިޔަވައި އެހެނިހެން އުޅަނދުފަހަރުން ވަސުއެޅުމާއި ނަނު ދޫކޮށްގެން މަސްވެރިކަން ކުރުމުގެ ޝަކުވާއެވެ.

ކުދި އުޅަނދުފަހަރަށް ޚާއްޞަކޯށްގެން އަތޮޅުތަކާއި ކައިރީގައި  ސަރުކާރުން ވަނީ ވަދު ކަނދުފަތީގެ ނަމުގައި ކަނދުފަތި ހަރުކޮށް ދެއްވާފައެވެ. ނަމަވެސް ވަދު ކަނދުފަތިތައް ދޫކޮށްލާފައި މަސްވެރިންނަށް ޚާއްޞަކޮށްފައިވާ ދޮށީކަނދުފަތިތަކުގެ ކައިރީގައި ދިރޭ އެން ޖަހައިގެން ނަނު ދޫކުރުމާއި ވަދު އެޅުމުގެ ސަބަބުން ކަނދުފަތީގައި މަސް ހަރުލާފައި ނުހުންނަ ކަމަށް މަސްވެރިން ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި