Search Streamline Icon: https://streamlinehq.com

ލ. ގަން ރީޖަނަލް ހޮސްޕިޓަލްގެ ބޯޑު އެކުލަވާލައިފި

L.GAN

ލ.ގަން ރީޖަނަލް ހޮސްޕިޓަލުގެ ހިންގުމުގެ ކަންކަން ލާމަރުކަޒީ އުސޫލުން ބެލެހެއްޓެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ބޯޑެއް އެކުލަވާލައްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ 5 މެންބަރުންގެ މައްޗަށް އެކުލަވާލި މި ބޯޑުގައި ހިމެނެނީ ސަރަޙައްދުގެ މާލީ ދާއިރާގެ މެންބަރެއް، ހޮސްޕިޓަލްގައި މަސައްކަތް ނުކުރާ ހެލްތް ނުވަތަ މެޑިކަލް ދާއިރާގެ ތަޖްރިބާކާރެއް، ޢާންމުންގެ ތެރެއިން ޢައްޔަންކުރެވޭ މެންބަރެއް ގެ އިތުރުން ސިޓީ ކައުންސިލްގެ މެންބަރަކާއި ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެހުރި އިސްވެރިޔާ ކަމަށެވެ.

1. އިބްރާހީމް ޝަރީފް، މުކުރިމަގު، ސޯސަންވިލާ، ލ.ގަން (ސަރަޙައްދުގެ މާލީ ދާއިރާގެ މެންބަރެއް)
2. ޑޮކްޓަރ މުޙައްމަދު އިސްމާޢީލް، ދަފްތަރު. ނަންބަރު ރސ 9558 (ހޮސްޕިޓަލްގައި މަސައްކަތް ނުކުރާ ހެލްތް ނުވަތަ މެޑިކަލް ދާއިރާގެ ތަޖްރިބާކާރެއް)
3. މުޙައްމަދު ޙަމީދު، އަޅިވިލާގެ، ލ. ފޮނަދޫ ( ޢާންމުންގެ ތެރެއިން ޢައްޔަންކުރެވޭ މެންބަރެއް )
4. އިސްމާޢީލް ޢަލީ، ތުނޑި، ބިނާ، ލ. ގަން ( ލ.އަތޮޅު ކައުންސިލްގެ ރައީސް)
5. މުޙައްމަދު ޝިޔާމް، ތުނޑި، ފިތުރޯނުމާގެ، ލ. ގަން ( ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެހުރި އިސްވެރިޔާ)

ރައީސް އޮފީހުން އިތުރަށް ބުނީ ބޯޑުގެ ޗެއާޕާސަން އަކަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވަނީ ސަރަހައްދުގެ މާލީ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ކަމުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *