Search Streamline Icon: https://streamlinehq.com

ލިބުނު ހަނި ފުރުސަތުގައި ޔާމިންގެ ފަރާތުން ފެނުނީ ޤައުމީ ލޯބި

YAAMIN

މިހާރު ރާއްޖޭގައި ކުރިޔަށްދާ ސަރަހައްދުގެ އެންމެބޮޑު މުބާރާތް ސާފްޗެމްޕިއަންޝިޕް ގައި މިރޭ ރާއްޖެއާއި އިންޑިއާ ބައްދަލު ކުރާމެޗަށް ޤައުމީ ޓީމް ތައްޔާރުވަމުން ދަނިކޮށް، ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޓީމަށް ހިތްވަރުދެއްވައިފިއެވެ.

ގޭ ބަންދުގައި މިވަގުތު ހުންނެވި ރައީސް ޔާމީން ގައުމީ ޓީމުގެ ކުޅުންތެރިންނަށް ހިތްވަރު ދެއްވީ ކުޅުންތެރިން ޕްރެކްޓިސްއަށް ދިޔަ ވަގުތާއި ދިމާކޮށެވެ.

ކުޅުންތެރިން ދަތުރުކުރާ ބަސް ދަތުރުކުރަނީ ރައީސް ޔާމިން ދިރިއުޅުއްވާ ގެކޮޅު ހުންނަ ބޮޑުތަކުރުފާނު މަގުންނެވެ. ރޭ ކުޅުންތެރިން ޕްރެކްޓިސް އަށް ސިފައިންގެ ސެކިއުރިޓީ އާއި އެކު ދަނިކޮށް ރައީސް ޔާމިން ވަނީ އެމަނިކުފާނު އުޅުއްވާ ގެކޮޅުގައި ހުންނަވައި ކުޅުންތެރިންނަށް އަތުގެ އިޝާރާތުން ސަލާމް ކުރައްވާ ހިތްވަރު ދެއްވާ މަންޒަރު ފެންނަ ވީޑިއޯއެއް ރޭ ސޯޝިއަލް މީޑިއާގައި ވަނީ އާންމުވެފައެވެ. ވީޑިއޯ އިން ފެންނަނީ ރައީސް ޔާމިން ގެ ކޮޅުގައި ޤައުމީ ދިދަ ނަންގަވާފައިވާ މަންޒަރެވެ. އަދި ޓީމަށް ހިތްވަރުދެއްވާ ސަލާމް ކުރެއްވި އިރު އެމަނިކުފާނު ހުންނެވީ ގައުމީ ޖާޒީއެއްގައެވެ.

ބަހުގައި ތިބި ޤައުމީޓީމުގެ ކުޅުންތެރިންވެސް ވަނީ ރައީސް ޔާމީން އަށް އަތުން އިޝާރާތް ކުރައްވާ ސަލާމް ކޮށްފައެވެ. އެވަގުތު ޓީމުގެ ކުޅުންތެރިންގެ މޫނުމަތިން އުފާވެރިކަން ފެނުނެވެ.

ދިވެހި ޤައުމީ ތީމް: ފޮޓޯ/ އަވަސް

މި އަހަރުގެ ސާފްޗެމްޕިއަންޝިޕް ފެށުމުގެ ކުރިން ރައީސް ދެއްވި މެސެޖްގައި ވިދާޅުވެފައިވަނީ މުބާރާތް ކުރިޔަށްދާ 16 ދުވަހު ދިވެހި ރައްޔިތުން ޓީމާއި އެކު ތިއްބެވުމަށާ، ޓީމަށް ހިތްވަރުދެއްވުމަށެވެ.

ރައީސް ޔާމީންގެ މި އަމަލުތަކަށް ތައުރީފްކޮށް ޔޫތު މިނިސްޓަރ އަހްމަދު މަޙްލޫފް ވެސް ވަނީ ރޭ ގައި ޓުވީޓް ކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ ކުޅިވަރަކީ ސިޔާސީ ފިކުރު ނައްތާލާ ކަމެއްކަމަށާ، ރައީސް ޔާމިން ތީމަށް ހިތްވަރު ދެއްވުމީ އުފާކުރާކަމެއްކަމަށެވެ. އަދި އެކަމުގެ ސަބަބުން ޓީމަށް އިތުރު ހިތްވަރު ލިބިގެންދާނެ ކަމަށާ، އެކަމަށްޓަކައި ރައީސް ޔާމީން އަށް ޝުކުރު ދައްނަވާކަމަށްވެސް ވިދާލުވި އެވެ.

މި ކަމާއިގުޅިގެން ގިނަޔަކު ބުނަމުންދަނީ ކުށެއްގެ ތުހުމަތުގައި ބަންދުގައި ހުންނެވި އިރުވެސް މިއީ ރައީސް ޔާމިންގެ ހިތުގައި ދިވެހި ޤައުމަށްއޮތް ލޯބި ހާމަވާ ކަމެއްކަމަށެވެ.

މިރޭ ރާއްޖެގަޑިން 9:00 ގައި ރާއްޖެ އިންޑިއާ ބައްދަލު ކުރާމެޗުން ރާއްޖެ މޮޅުވެއްޖެނަމަ، ނުވަތަ އެއްވަރުވެއްޖެނަމަވެސް ފައިނަލަށް ދާނެއެވެ. މި މުބާރާތުގައި ރާއްޖެ މިހާތަނަށް ކުޅުނު މެޗުތަކުގެ ތެރެއިން ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ ނޭޕާލު އަތުންނެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *