Search Streamline Icon: https://streamlinehq.com

ވިލިމާލެ ފެރީ ދަތުރުތައް މެދު ކަނޑާލައިފި

Moosungoas

މޫސުމް ގޯސްވުމުގެ ސަބަބުން ވިލިމާލެއާއި މާލެ އާއި ދޭތެރޭ ބާއްވާ ފެރީ ދަތުރުތައް މެދުކަނޑާލައިފިއެވެ.

އެމެޓީސީސީ މިރޭ ބުނީ މާލެ ސަރަހައްދުގެ މޫސުމް ގޯސްވުމުގެ ސަބަބުން އެކުންފުނިން ވިލިމާލެއަށް ކުރާ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލާފައިވާކަމަށެވެ.

އެމްޓީސީސީން އިތުރަށް ބުނީ ފެރީ ދަތުރުތައް އަލުން ފެށާނީ މޫސުމް ރަގަޅުވުމުންކަމަށާ، މިކަމުގެ ސަބަބުން ޚިދުމަތް ލިބިގަންނަ އެންމެހާ ފަރާތްތަކަށް ލިބިދާނެ ދަތިތަކަކަށް މައާފަށް އެދޭކަމަށްވެސް އެމްޓީސީސީ ވަނީ ބުނެފައެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މިރެއާއި މާދަމާވެސް މޫސުމް ގޯސްވާނެކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފައިވާއިރު، އެ އިދާރާއިން ރޭ ދަންވަރުން ފެށިގެން މުޅި ރާއްޖެއަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ. މި އެލާޓްގެ ވަގުތު 3 ވަނަ ފަހަރަށް އިތުރުކޮށްފައިވާއިރު، ގަޑިއަކު 28 މޭލާއި، 35 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެކަމަށް މުސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *