Search Streamline Icon: https://streamlinehq.com

ޖިއާން ގެ ހަނދާނުގައި އެވޯޑެއް

Raushan

ރައުޝަން ޖިއާންގެ ނަމުގައި އެވޯޑެއް ދިނުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ބުނެފިއެވެ.

ރައުޝަން ޖިއާން އަކީ 2018 ވަނަ އަހަރު ހަދަމުންދިޔަ އިމާރާތެއްގެމަތިން ސިމެންތި ބަސްތާއެއް ވެއްޓި ނިޔާވި އުމުރުން ނުވަ އަހަރުގެ ބަންގްލަދޭޝް ކުއްޖެކެވެ. އޭނާ ނިޔާވީ މަގުމަތިން ހިނގާފައިދަނިކޮށް މ.ނަލަހިޔާ މަންޒިލް މަތިން ސިމެންތި ބަސްތާއެއް ބޮލަށް ވެއްޓިގެންނެވެ.

މަސީ އިން ބުނީ ޖިއާންގެ ނަމުގައި އެވޯޑެއް ދިނުމަށް ނިންމާފައިވަނީ އެހާދިސާގެ ހަންދާން އާކޮށް، އިބްރަތް ލިބިގަތުމުގެ އިތުރުން އިމާރާތްކުރާތަންތަނާއި ސައިތޫތަކލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށެވެ.

ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ކުންފުނިތަކަށް މި އެވޯޑު ދޭން ނިންމާފައިވާއިރު، އެވޯޑް ދޭއިރު ކުންފުނީގެ އުސޫލުތަކުގެ ތެރޭގައި ސަލާމަތާއި ރައްކާތެރިކަން ހުންނަ މިންވަރާއި، ކުންފުނީގެ މުވައްޒަފުންނަށް ސަލާމަތާއި ރައްކާތެރިކަން އުނގަންނައިދިނުމަށް ކުރާ މަސައްކަތްފަދަ ކަންކަމަށް ބަލާނެ ކަމަށް ވެސް މަސީ އިން ވަނީ ބުނެފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *