ށ. ފުނަދޫ އިން ކޮވިޑް19 އަށް ޕޮޒިޓިވްވާ އަދަދުތައް ބޮޑުތަނުން އިތުރުވެއްޖެއެވެ.
ފުނަދޫ އިން ކޮވިޑް ކޭސްތައް އިތުރުވާން ފެށީ ފުލޫ ކުލިނިކަށް ދެއްކި 3 މީހުން ޕޮޒިޓިވް ވި ހިސާބުން ނެވެ. އެގޮތުން މިހާތަނަށް 41 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.
ފުނަދޫ އިން ވާހަކަ ދެއްކި މީހަކު ބުނީ ކޮވިޑް ކަންކަން ކައުންސިލާއި ހޮސްޕިޓަލުން ބަލަހައްޓަމުން އަންނަނީ ވަރަށް ރަގަޅަށް މެނޭޖްކޮށްގެންކަމަށާ، ނަމަވެސް ކޮމިއުނިޓީ ސްޕްރެޑަކަށް މި ދިޔައީ އެޗްޕީއޭއިން ދިން ލުއިތަކުގެ ސަބަބުންކަމަށް ގަބޫލު ކުރެވޭކަމަށެވެ.
“ މުޅި ރާއްޖޭގައި ކޮވިޑް ފެތުރެމުން އައި އިރުވެސް މިރަށް އޮތީ ވަރަށް ސޭފްކޮށް، ކައުންސިލާއި ހޮސްޕިޓަލުން ވަރަށް ރަގަޅަށް މެނޭޖް ކުރީ. އާމުންވެސް މިރަށުގައި އުޅެނީ މާސްކު އަޅައިގެން. އެކަމަކު އަތޮޅު ހޮސްޕިޓަލް ހުންނަ ރަށް ވީމަ ގިނަ ރަށްތަކަކުން މީހުން އަންނަ އިރު، އެޗްޕީއޭއިން ލުއިތަށް ދިނީމަ ވީގޮތެއްކަމަށް ބެލެވެނީ“: ފުނަދޫ ރައްޔިތެއް
ފުނަދޫ އިން ވާހަކަ ދެއްކި އިތުރު މީހަކު ބުނީ ރަށުގެ ރައްޔިތުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައިކަމަށެވެ. އެގޮތުން ރަށުތެރެއިންވެސް މީހަކު ނުފެންނަކަމަށެވެ.
ފެންވަރަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުނަދޫގައި ށ. އަތޮޅު ހޮސްޕިޓަލްގެ ގިނަ މުވައްޒަފުންތަކެއްގެ އިތުރުން ކައުންސިލް އިދާރާގެ ގިނަ މުވައްޒަފުންތަކެއް ވަނީ ކަރަންޓީނަށް ލާފައެވެ.
ފުނަދޫ ކައުންސިލުން ދެމުންއަންނަ ކަރަންޓުގެ ހިދުމަތުގެ ކަރަންޓް ފީ ބަލައިގަތުމުގެ ޚިދުމަތްވެސް އޮންލައިންކޮށް ކުރެވޭނެ ގޮތަށް ވަނީ ބަދަލުކޮށްފައެވެ. އަދި އެ އިދާރާގެ މުވައްޒަފުންވެސް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
ފުނަދޫގައި ކޮވިޑް ގެ ހާލަތު ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސްފައިވާއިރު މިހާތަނަށް 101 ގެ އެއް ވަނީ މޮނީޓަރިންއަށް ލާފައެެވެ. 364 ސާޕަލް ނަގާފައި ވާއިރު، އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވަނީ މިޔަ އަންގާރަ ދުވަހު އެވެ. އެ ދުވަހު ވަނީ 15 މީހުން ޕޮޒިޓިވް ވެފައެވެ.










3 ކޮމެންޓް
އަތޮޅުގެ އެހެން ރައްތައް މޮނިޓަރިން އަށް ލުމާއެކު ފުނަދޫކައުންސިލްގެ ރައީސް އެރައްރަށުގެ ރައްޔިތުންނާއި ކައުންސިލތަކަށް ކުރި ތުރާތައް ހަދާންވަނީ. ބޭސްފަރުވާއަށް ދާންޖެހޭ މީހުންނަށް ހުއްދަ ނުދިނުމާއި ދިޔަމީހުންނަށްވެސް އިންސާނިއްޔަތު ކަމެއްނެތި ކަންތައްކުރިއިރު ހީވަނީ ފުނަދޫ މީހަކށް ތިބަލި ނުޖެހޭނެހެން
ވޭތުވެދިޔަ ދެއަހަރު ފުނަދޫ ކައުންސިލްގެ ރައީސް އަމިއްލަފުޅަށް ފުނަދޫ އަށްއަންނަ މީހުން އެއަރޕޯޓަށް، ހޮސްޕިޓަލަށް ބޭންކަށް ފުނަދުއާއި އަތޮޅުގެ ރައްޔިތުންނަށްޓަކާ އުފުލި ބުރަ ނޭގޭމީހުންވެސް ތިބެދާނެ އަތޮޅާއި ފުނަދޫ ރައްޔިތުން މިކަންވަރަށްރަގަަލަށް ދެނެހުރި އެކްމަކު ޚާލަތަށް ބަލާ ބެނުންގޮތަކަށް އުޅުމުގެ ފުރުސަތު ނުފޭނެ ދެއްވެސް
ތިއީ ޤަބޫލުކުރައްދަތި ވާހަކަ އެއް އެއްމެ ހާލު ބޮޑު ވި އިރުވެސް ފުނަދު އިން ލިބޭ ހިދުމަތްތައް އަޅުގަނޑުމެނަށް ވަނީ ފުރިހަމައަށް ލިބިފަ