Search Streamline Icon: https://streamlinehq.com

މޭރީ މަރުވީ ލިބުނު އަނިޔާއަކުން: ފުލުހުން

File mtkifc

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދަނިކޮށް ކުއްލި ގޮތަކަށް މަރުވި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރުވެފައިވަނީ ”ބްލަންޓް އިންޖަރީ“ ނުވަތަ އެއްޗެއް ބޭނުން ކޮށްގެން މީހަކު ދިން އަނިޔާއެއްގެ ސަބަބުން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މޭރީގެ ޕޯސްޓްމޯޓަމްގެ ވަގުތީ ރިޕޯޓް މިހާރު ލިބިފައިވާ ކަމަށާއި އެރިޕޯޓްގައި ބުނާގޮތުން މޭރީ މަރުވީ ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ.

އޮކްޓޯބަރ 19 ވަނަ ދުވަހު އަމިއްލައަށް ދަންޖެހި މަރުވި ކަމަށް ބުނި އައިޖީއެމްއެޗްގެ ނަރުސް މޭރީގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު ރާއްޖެ ގެނެވުނީ މިދިޔަ ހޮނިހިރު ދުވަހުގައެވެ.

މޭރީގެ މަރާލިކަމުގެ ތުހުމަތުގައި އޭނަގެ ފިރިމީހާ ވަނީ ހައްޔަރުކޮށްފައެވެ. މޭރީގެ ފިރިމީހާއަކީވެސް އައިޖީއެމްއެޗުގައި މަސައްކަތް ކުރާ ނަރުހެކެވެ. މޭރީގެ ފިރމީހާ ދިވެހި އަންހެނަކާ ރައްޓެހިވެގެން އުޅުނުކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

އޭނާ ފުރަތަމަ ބުނި ގޮތުގައި މޭރީ އަމިއްލައަށް ދަންޖެހި މަރުވީއެވެ. އެހެންނަމަވެސް ފަހުން އޭނާ ވަނީ ބަޔާން ބަދަލުކޮށް މޭރީ ކުއްލިއަކަށް ހޭނެތިގެން ވެއްޓުނީ ކަމަށް ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *