Search Streamline Icon: https://streamlinehq.com

ޤައުމު އަޅުވެތިވަމުންދާތަން ބަލާކަށް ދިވެހިންނެއް ނުތިބޭނެ

Ppm

ޤައުމު އަޅުވެތިވަމުންދާއިރު މަޑުން މަންޒަރުބަލަން ދިވެހިން ނުތިބޭނެކަން ސަރުކާރަށް އެނގޭނެކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު ޝިޔާމް ވިދާލުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ ”މިނިވަންކަމުގެ ދިފާއުގައި ދިވެހިން“ މިނަމުގައި އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ހިނގާލުމަށްފަހު ކުރެއްވި ޓުވީޓެއްގައެވެ.

ޝިޔާމް ވިދާޅުވީ ހުރިހާގޮތަކުންވެސް ސަރުކާރުން ކަންކަން ކުރަމުން އަންނަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާފަދަ ގޮތްތަކަށް ސިއްރިޔާތުގައި ކަމަށާ އެކަންކަން ކުރަމުންދާއިރު މަޑުން މަންޒަރުބަލަން ދިވެހިން ނުތިބޭނެކަން ސަރުކާރަށް ވަރަށް ރަގަޅަށް އެނގޭނެކަމަށެވެ.

”ގޮތްނޭންގޭ އެތައް އެއްބަސްވުންތަކެއް ހަދައިގެން ދިވެހިޤައުމު ހުރިހާގޮތަކުން އަޅުވެތިވާތަން ބަލަން ދިވެހިން ނުތިބޭނެކަން އަދުގެ ސަރުކާރަށް ވަރަށް ރަނގަޅަށް އެނގޭނެ“ : ޝިޔާމް

”މިނިވަންކަމުގެ ދިފާއުގާއި ދިވެހިން“ މިނަމުގައި މިއަދު މާލޭގައި ބޭއްވި ހިނގާލުމުގެ ތެރެއިން: ފޮޓޯ/ ޕީޕީއެމް

އަދުގެ ސަރުކާރުން ރާއްޖެގެ މިނިވަންކަމާއި ސިޔާދަތައް ނުރައްކާވާފަދަ ކަންކަން ކުރަމުން އަންނަކަމަށް އިދިކޮޅު ކޯލިޝަނުން އަންނަނީ ބުނަމުންނެވެ. އެގޮތުން އިންޑިއާ އާއިއެކު ސިއްރުއެއްބަސްވުންތަކެއްވެ، އިންޑިއާ ސިފައިން ހަތިޔާރާއިއެކު ރާއްޖޭގައި ބަޑަހަ ޖެހުމަށް ޖާގަ ދިނުމަށް ސަރުކާރުން ނިންމާފައިވާކަމަސްވެސް އިދިކޮޅުން ތުހުމަތުކުރެއެވެ. އެގޮތުން މިއަދުގެ ހިންގާލުމަކީވެސް އެކަންކަމާއި ގުޅިގެން ބޭއްވި ހިނގާލުމެއްކަމަށާ މިއީ ސިޔާސީ ހަރަކާތެއް ނޫންކަމަށްވެސް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.

މި ހިނގާލުމުގައި، އައްޑޫގައި ހަދާފައިވާ ޕޮލިސް ޓްރެއިނިން ސްކޫލުގެ މައްޗަށް އިންޑިއާ ސިފައިން އަތް ގަދަ ކޮށްގެން ތިބި ތިބުން ނިމުކަށް ގެނެސް އެތަން އައްޑޫ ރައްޔިތުންނަށް ހޯދައިދިނުމަށް ވަނީ ގޮވައިލާފައެވެ. އަދި ރާއްޖެ އޮތީ އިންޑިއާގެ އަޅުވެތިކަމުގައި ކަމަށާއި ގައުމު މިނިވަންކުރުމަށް ވެސް މި ހިނގާލުމުގައި އިދިކޮޅު ކޯލިޝަނުން ވަނީ ގޮވައިލާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *