Search Streamline Icon: https://streamlinehq.com

ރައީސް ޔާމިންގެ ވެރިކަމުގައި ފެންވާރުގެ ބޮޑުބައިވަނީ ނިންމާފަ: މުއިއްޒު

ފެންވާރު

ރޭ ސެންޓްރަލް ޕާކުގައި ހުޅުވި ފެންއަރުވާ ވަޑާމުގެ ބޮޑުބައި ނިންމާފައިވަނީ ރައީސް ޔާމިންގެ ސަރުކާރުންކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސެންޓްރަލް ޕާކުގައި ރޭ ހުޅުވި ފެންއަރުވާ ވަޑާމާއި ބެހޭގޮތުން ޑރ. މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފެންއަރުވާ ވަނޑާމުގެ އަމަލީ މަސައްކަތް ފެށީ 2017 ވަނައަހަރު އޭނާ ހައުސިން މިނިސްޓަރު ކަމުގައި ހުރިއިރުކަމަށެވެ. އަދި 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހާ ހަމައަށް ވަނީ އެ މަސައްކަތުގެ 80 ޕަސެންޓު ނިމިފައި ކަަމަށެވެ. އެހެންނަމަވެސް މި ސަރުކާރު ވެރިކަމަށް އައި ފަހުން މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު އަދި އެ ނިމުނީކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

އެޗްޑިސީ ބުނެފައިވަނީ މި ފެންއަރުވާ ވަނޑާމަކީ މިއުޒިކާއި ލައިޓާއި އެއްވަރަށް ފެންގަނޑުގެ ހަރަކާތްތައް ޕްރޮގްރާމް ކުރެވިފައިވާ ޖުމްލަ 20 ހާސްއަކަފޫޓުގެ ޖާގައިގާއި ހަދާފައިވާ ފެންއަރުވާ ވަނޑާމެއްކަމަށެވެ. އަދި ފެންގަނޑު ހަރަކާތްތެރިވާއިރު 15 މީޓަރު އުހަށް ފެންގަނޑު ހަރަކާތްކުރާނެ ކަމަށް ކަމަށްވެސް އެޗްޑީސީން ބުނެ އެވެ.

މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ތުރުކީގެ ކުންފުންޏެއް ކަމަށްވާ އަލްކޭ އިންސާތު ސަނައީ ވެ ޓިކަރެޓް އޭއެސް އާއި ހަވާލުކޮށްގެންނެވެ.

Leave a Reply

Your email address will not be published. Required fields are marked *