Search Streamline Icon: https://streamlinehq.com

އަމިއްލަ ފަރާތަކުން ފީވަކުގައި މިސްކިތެއް އަޅަނީ

Feevah mosqu

އަމިއްލަ ފަރާތަކުން ށ.ފީވަކުގައި ބިނާކުރާ މިސްކިތް( މަސްޖިދު އަލީ ޔޫސުފް)ގެ ބިންގާ އަޅައިފިއެވެ.

ށ. ފީވަކުގައި ހެޔޮއެދޭ ފަރާތަކުން ބިނާކުރާ މިސްކިތް އެޅުމަށްޓަކައި މިމަހުގެ 11 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީގެ ބޭފުޅުން ވަޑައިގެން މިސްކިތުގެ ގިބްލަ ވަނީ ފާހަގަކޮށްދެއްވާފައެވެ.

މިއަދު ފީވަކުގައި ބޭއްވި ރަސްމިއްޔާތެއްގައި މިސްކިތުގެ ބިންގާ އަޅުއްވައި ދެއްވީ މިސްކިތް ހާއްސަކުރެވި ފައިވާ ބޭފުޅާގެ ދަރިންނާއި ކާފަ ދަރިންނެވެ.

މިއަދު ފީވަކުގައި ކުރިޔަށްދިޔަ މަސްޖިދު އަލީ ޔޫސުފް ގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ ފީވައްލައިވް

މި ނޫހަށް މައުލޫމާތު ހިއްސާ ކުރަމުން ފީވަކު ލައިވްއިން ބުނީ މިސްކިތް ބިިނާ ކުރަނީ ދިހަ ހާސް އަކަ ފޫޓުގެ ބިމެއްގައިކަމަށެވެ. އަދި މިއީ 154 މީހުންގެ ޖާގައިގެ މިސްކިތެއްކަމަށެވެ. އަދި މި މިސްކިތް ނިންމަން ހަވާލުކޮށްފައި ވަނީ މިސްކިތުގެ ގިބްލަ ފާހަގަކުރާ ދުވަހުން ފެށިގެން 250 ދުވަހުގެ ތެރޭގައި ނިންމުމަށް ޝަރުތުކޮށްފައިކަމަށެވެ.

އާބާދީގައި އެގާރަ ސަތޭކައަށްވުރެ ގިނަ މީހުން އުޅޭ ފީވަކުގައި ހުންނަނީ 2 މިސްކިތެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *