Search Streamline Icon: https://streamlinehq.com

ރާއްޖޭގައި މިހާރު ހުންނެވީ ޒިންމާދާރުކަން ކުޑަ ފިނޭންސް މިނިސްޓަރަކާއި ރައީސެއް: މެމްބަރު ޝިޔާމް

B OLZTdwYWKPaMRZLhmROVQt7ho

ރާއްޖޭގައި މިހާރު ހުންނެވީ ޒިންމާދާރުކަން ކުޑަ ފިނޭންސް މިނިސްޓަރަކާއި ރައީސެއް ކަމަށް ރައްޔިތުންގެ މަޖުލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ފައިސާ ޗާޕްކުރުމަށް ދީފައިވާ ހުއްދަ އަދި އެއް އަހަރު ދުވަހަށް އިތުރުކުރުމަށް ފިނޭންސް މިނިސްޓްރީން މަޖުލީހުގައި އެދިފައިވުމުން ޝިޔާމް ވިދާޅުވީ އެހުއްދަ ދީފިނަމަ އެއީ ރައްޔިތުންނަށް ވެވޭ ޚިޔާނާތެއް ކަމަށާއި އެކަންތައް އެގޮތަށް ނުކުރެއްވުމަށެވެ.

މީގެ އިތުރުން ރާއްޖޭގައި ހުންނެވި ޒިންމާދާރުކަން ކުޑަ ފިނޭޏްސް މިނިސްޓަރާއި ރައީސްއެއް ކަމުން ސަރުކާރުން ވިސްނާނުލާ ނިންމާ ނިންމުންތަކުގެ ސަބަބުން ދެން އަންނަ ޖީލުތަކަށް އެކަމުގެ ނުބައި އަސަރުކުރާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

”އަޅުގަނޑަށް ފެންނަނީ މިސަރުކާރު ނިމޭ ހިސާބުގައި ދިވެހި ރާއްޖޭގެ ރައްޔިތުން، ސޯމާލިއާ ކަނޑު ފޭރޭ މީހުން އުޅޭ ގޮތަށް ދިވެހި ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުން ބައްޓަން ކުރަން މި ސަރުކާރުން ނިންމާފައި އޮތްތަން.“ ޝިޔާމް ވިދާޅުވިއެވެ

ޝިޔާމް އިތުރަށް ވިދާޅުވީ  4.4 ބިލިއަން ރުފިޔާއާ ހަމައަށް ޕަބްލިކް އެކައުންޓް އޯވަޑްރޯ (ފައިސާ ޗާޕް) ކުރަން މަޖިލީހުން ހުއްދަ ދީފައިވާއިރު، ޗާފް ކުރި އެފައިސާ ރައްޔިތުންނަށް ބަހާލުން ބުއްދިވެރި ކަމަށާއި އެފައިސާއިން ރައްޔިތުންގެ ދަރަނި އަދާކުރެއްވުންވެސް މާރަނގަޅުވާނެ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ފައިސާ ޗާޕްކުރަން ދީފައިވާ މުއްދަތު އިތުރުކުރުމަށް ވަނީ މަޖުލީހަށް ހުށަހަޅާފައެވެ. މިބިލަށް މަޝްވަރާ ކުރައްވަމުން ގިނަ މެމްބަރުން ވަނީ އެކަމަށް ފާޑުކިޔައި ދެކޮޅު ހަދާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *