Search Streamline Icon: https://streamlinehq.com

އަޑުބަރޭއަށް ރެކޯޑެއް، ދިވެހިންނަށް ހުތުރެއް!

Adey

ސަރައްދީ ފުޓްބޯޅައިގައި އެންމެ އަވަސް ރަތްކާޑަކާއި އެކު، ދިވެހި ސަޕޯޓަރުންގެ ރުޅިގަނޑު މުޅިސޯޝަލް މީޑިއާ އަށް ބަންޑުންކޮށްލައިފިއެވެ.

މިހާރު ލަންކާގައި ކުރިޔަށްދާ ޕްރައިމް މިނިސްޓަރު މަހިންދަ ރާޖަޕަކްސަ ޓްރޮފީ 2021 ފުޓްބޯޅަ މުބާރާތުން މިއަދު ހަވީރު ކުޅުނުމެޗުން ރާއްޖެ ބަލިވެ މުބާރާތުން ކަނޑާފައިވާއިރު، މެޗްގެ ފަހު ވަގުތުގައި ކުޅެންނިކުމެ އައްސަދު އަލީ (އަޑުބަރޭ) ހޯދި ރަތްކާޑާއިއެކު ދިވެހި ސަޕޯޓަރުންގެ ފާޑުކިއުންތައްވަނީ އަޑުބަރޭއަށް އަމާޒުވެފައެވެ.

މިއަދުގެ މެޗް ބޯވިއްސާރައިގައި ކުޅުނު ނަމަވެސް މެޗް ކޮންޓްރޯލްކޮށްގެން މޮޅަށް ކުޅެފައިވަނީ ދިވެހި ޓީމެވެ. އަދި ގޯލްޖަހާނެ ރަގަޅު ފުރުސަތު ތަކެއްވެސް ދިވެހި ޓީމުން ވަނީ ތަނަވަސްކޮށްފައެެވެ. މެޗު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް ސީޝަލްސް ގެ ގޯލްއޭރިޔާ ތެރެއިން ރަގަޅު ފުރުސަތެއް ތަނަވަސްކޮސްފައިވަނިކޮށް ކުޅުމުން ބޭރުން ކުޅުންތެރިއަކަށް ކުރި ފައުލަކާއި ގުޅިގެން އައްސަދު އަލީ އަޑުބަރޭއަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ. އޭރު އޭނާ ކުޅެން ނިކުތްތާ މިނެޓެއްވެސް ނުވެއެވެ.

ސޯޝަލްމީޑިއާގައި ހުރިފާޑުކިއުންތަކަށް ބަލާލާއިރު، ބައެއް މީހުން ބުނެފައިވަނީ މިއަދު ޓީމު ހިތްވަރާއި އެކު މޮޅުކުޅުމެއްދައްކަމުންދަނިކޮށް މެޗުގެ ފަހު ވަގުތުގައި އަޑު ބަރޭ ކުރި ފައުލަކީ މުޅި ދިވެހިންނަށް ހުރި ހުތުރެއްކަމަށެވެ.

އަޑުބަރޭ އެވަގުތު ފައުލެއް ނުކުރިނަމަ ރާއްޖެ އަށް ގޯލެއް ޖެހުމުގެ ފުރުސަތު އޮތްކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އަދި އެފައުލަކީ މިފަދަ ޕްރެޝަރ މެޗެއްގެ އެންމެ ޕްރެޝަރ ވަގުތުކޮޅު އައްސަދު ފަދަ ތަޖުރިބާ ހުރި ކުޅުންތެރިއެއްގެ ފަރާތުން ފެނުގެން ނުވާނެ ފައުލެއްކަމަށް ފުޓުބޯޅައިގެ ތަޖުރިބާ ކާރުން ބުނަމުންދާއިރު އޭނާ އަކީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ކަމަށް ވާއިރު އެފަދަ ކަމެއް ކޮށްގެން ނުވާނެ ކަމަށްވެސް ބައެއް މީހުން ވަނީ ބުނެފައެވެ.

މިއަދުގެ މެޗުން ރާއްޖޭގެ ޓީމު ބަލިވުމުން މުބާރާތުން ވެސް ވަނީ ރާއްޖެ ކަޓާފައެވެ. އަދި މިއީ ސަރަހައްދީ މުބާރާތެއްގައި އެއްވެސް މެޗަކުން މޮޅުނުވެ މުބާރާތުން ކެޓި ފަހަރެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި