މާލެއާއި ހުޅުމާލެއާއި ދެމެދު އަޅާފައިވާ ބުރިޖުން ބައެއް ލޭންތައް ބަންދުކުރުމަށް ނިންމާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މިރޭ 11:30 ން ފެށިގެން ފަތިހު 5:30 އަށް ސިނަމާލެ ބުރިޖުގެ ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ލޭން ބަންދުވާނެކަމަށެވެ. އަދި މާދަމާ ރޭ މި ގަޑިތަކުގައި ބަންދުވާނީ މާލެއިން ހުޅުމާލެއަށް ދަތުރުކުރުމަށް އޮންނަ ލޭން ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ ލޭން ބަންދު ވަގުތުތަކުގައި ހުޅުވާލާފައިވާ ލޭނުން ދެކޮޅަށް ފުލުހުންގެ އިރުޝާދާއި އެއްގޮތަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާނެކަމަށެވެ.
ހުޅުމާލެ ބުރިޖްގެ ލޭންތައް ބަންދުކުރަނީ ކޮން ސަބަބަކާއި ހުރެކަމަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.









