ރަޝިޔާ ހުއްޓުވެން އޮތްގޮތަކީ ތިންވަނަ ބޮޑު ހަނގުރާމަކޮށްގެން ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.
އެމެރިކާ ރައީސް ވިދާޅުވާ ގޮތުގައި ރަޝިޔާ ހުއްޓުވެން އޮތީ ދެ ގޮތަކަށެވެ. އެއް ގޮތަކީ ބައިނަލްއަޤުވާމީ ގާނޫނުތަކަށް ރަޝިއާ އިން ބޯލެނބުން މަޖުބޫރު ކުރުވުމެވެ. އެގޮތުންވެސް ރަޝިޔާއިން ހަނގުރާމަ ހުއްޓާނުލި ނަމަ ދެން އޮތް ގޮތަކީ ތިންވަނަ ބޮޑު ހަނގުރާމަ ފެށުމެވެ.
ދުނިޔޭގެ ގިނަ ޤައުމުތަކުން ރަޝިޔާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުން ދިޔަނަމަވެސް އޭގެ އަސަރެއް ރަޝިޔާއަށް ކުރަމުންދާ ތަނެއް ނުފެންނަ ކަމަށް ބައިޑެން ވަނީ ވިދާޅުވެފައެވެ. އަދި އިޤްތިސާދީ ގޮތުންނާއި ސިޔާސީ ގޮތުން އަޅާ ފިޔަވަޅު ތަކުން ރަޝިޔާ ގުޑާނުލާކަން ބައިޑެން ވަނީ ފާހަނގަކޮށްފައެވެ.
ރަޝިޔާއިން ޔުކްރެއިނާއި ދެކޮޅަށް ފެށި މިހަނގުރާމަ ނިމިގެން އަންނައިރު އޭގެ އަގު އެގައުމުން ކައިރި މުސްތުބަލެއްގައި ވެސް އަދި ކުރިއަށް އޮތް ދުރު މުސްތަގުބަލްގައި ވެސް އަދާކުރަން ޖެހޭނެ ކަމަށް އެމެރިކާ ރައީސް ވަނީ ވިދާޅުވެފައެވެ.
އެމެރިކާ ހިމެނޭޙެން 27 ޤައުމަކުން ވަނީ އިއްޔެ ޔުކްރެއިނަށް މިލިޓަރީ ހަތިޔާރާއި ބޭނުންވާ އެހެނިހެން އެހީތައް ދިނުމަށް ނިންމާފައެވެ. މިހަނގުރާމަ ފެށިގެން 4 ދުވަސް ފާއިތުވެގެން ދިޔައިރު ރަޝިޔާގެ ސިފައިންވަނީ ޔުކްރެއިންގެ މަގުތަކަށް އަރާ ޔުކްރެއިންގެ އެތައް ރައްޔިތުން މަރާލާފައެވެ.
މިހަމަލާތައް ހުއްޓުވޭތޯ ދުނިޔޭގެ ގިނަ ޤައުމުތަކުންދަނީ މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް ރަޝިޔާއިން ބޭނުންވަނީ ޔުކްރެއިންގެ ވެރި ރަށް ހިފައި ޔުކްރެއިންގެ ސަރުކާރު ވައްޓާލާށެވެ.









