Search Streamline Icon: https://streamlinehq.com

އުތުރު ރަށެއްގެ މުދިމަކު ދޮންދަރިޔަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި

Img md 202203051253411646466821.1672

ރާއްޖޭގެ އުތުރު ރަށެއްގެ މުދިމަކު ދޮން ދަރިއަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ނޯތު ޕޮލިސް ރީޖަން (ނ، ރ، ބ، ޅ) ހިމެނޭ ރަށެއްގައި 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައި ވާކަމުގެ މައްސަލައެއް މިދިޔަ މަހު 26 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި މިމައްސަލައިގައި އުމުރުން 38 އަހަރުގެ މީހަކު އިއްޔެގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާކަމަށެވެ.

މިމައްސަލަ އިތުރަށް  ތަހުޤީގުކުރަމުންދާ ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

ޖިންސީ ގޯނާގެ މިފަދަ މައްސަލަތަކުގައި އަނިޔާ ލިބޭ ކުއްޖާގެ މައުލޫމާތު ފުލުހުން ހާމައެއް ނުކުރެއެވެ. މިފަދަ މައްސަލަތައް ރާއްޖޭގައި އެކި ފަހަރުމަތިން މިދަނީ ފެންމަތިވަމުންނެވެ.

އެހެންކަމުން އެފަދަ އަމަލުތަކާ ދެކޮޅަށް މީސްމީޑީޔާގައި މީހުން އަޑުއުފުލަމުންދާއިރު މިފަދަ ކުށްތައް މަދުކުރުމަށް ފުލުހުންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ރައްޔިތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ފުލުހުން ދަނީ ރާވާ ހިންގަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *