ކޮވިޑް 19 އިން ރައްކާތެރިވުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ބޭރުގައި އުޅޭ ވަގުތުތަކުގައި މާސްކް އެޅުމަށް މަޖުބޫރުކޮށްފައި އޮތް އަތުން އުވާލައިފިއެވެ.
މިހާރު ކުރިއަށް ގެންދާ މީޑިއާ ބްރީފިންގައި އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، މިހާރު މާސްކް އެޅުން މަޖުބޫރު ވާނީ ސިއްހީ ހިދުުމަތްދޭ ތަންތަނުގައި އެކަނި ކަމަށާއި ކޮވިޑް ފެތުރޭ ސަރަހައްދުތަކުގެ ޕޮޒިޓިވިޓީ ރޭޓް 20 ޕަސެންޓަށް ވުރެ މަތި ނަމަ ކަމަށެވެ.
ރާއްޖޭގައި މާސްކް އެޅުން މަޖުބޫރު ނޫންކަމަށް އިއުލާންކޮށްފައި މިވަނީ މާސްކް އެޅުމަށް މަޖުބޫރު ކުރިތާ ދެ އަހަރަށް ފަހުގައެވެ.
ރާއްޖޭގައި ކޮވިޑް ފެތުރެން ފެށުމާއި ގުޅިގެން ބޭރުތެރޭގައި އުޅޭއިރު މާސްކް އެޅުން މަޖުބޫރުކޮށްފައި ވަނީ 2020 ވަނަ އަހަރުގެ ޖުލައި 30 ވަނަ ދުވަހުގައެވެ.









