Search Streamline Icon: https://streamlinehq.com

ފަހުގެ

އދ.އެސްޖީ އަކަށް އަންހެނަކު ހޮވުމަށް ޝާހިދު ގޮވާލައްވައިފި

Iboo shahidh

އދ.ސެކްރެޓަރީ ޖެނެރަލްއަކަށް އަންހެން ބޭފުޅަކު އައްޔަން ކުރުމަށް އދ.ގެ ރައީސް ޢަބްދުﷲ ޝާހިދު މިއަދު ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިގޮތަށް ގޮވާލެއްވީ އދ.ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެންގެ 66 ވަނަ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައެވެ.

ޝާހިދު ވިދާޅުވީ އެ ޖަމާއަތުގެ 76 ވަނަ އަހަރުވީ ތާރީހުގައި އާންމު މަޖިލީހުގެ ރައީސް ކަން ކުރެއްވީ ހަތަރު އަންހެން ބޭފުޅުން ކަމަށާއި މިހާތަނަށް ސެކްރެޓަރީ ޖެނެރަލަކަށް އެއްވެސް އަންހެން ބޭފުޅަކު ހޮވާފައި ނެތް ކަމަށެވެ. އަދި އެކަން ބަދަލުކުރަންޖެހޭ ކަމަށެވެ.

ޝާހިދު ވިދާޅުވީ ދެ ޖިންސުގެ ހަމަހަމަކަން ގާއިމް ކުރުމަށާއި އަންހެނުން ބާރުވެރިކުރުމުގެ ގޯލްޑް ސްޓޭންޑާޑް ކަނޑައެޅުމުގެ ވާހަކަތައް ދައްކާއިރު އޭގެ މިސާލު އދ. ގައި ނުދައްކާ ނުތިބޭނެ ކަމަށެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ދެން އަންނަ ދައުރެއްގައި އަންހެނަކު އިންތިހާބު ކުރުމަށް ޝާހިދު ދެއްކެވި ވާހަކަފުޅަށް ގިނަ ބަޔަކު ވަނީ ތާއީދުކޮށްފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި