Search Streamline Icon: https://streamlinehq.com

ކޮޗިންގައި ހިނގާދިޔަ އެކްސިޑެންޓުގައި ދިވެއްސަކަށް ސީރިޔަސް އަނިޔާތަކެއް

330210 4 8fcd963ef5972d050a5577e6563ec2ab09c8c583 large plylrpluyljjsqogwry6534xvwrgx6v2l7xxtwzc6o

އިންޑިއާގެ ކޮޗިންގައި ހިނގާ ދިޔަ ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެއްސަކަށް ސީރިޔަސް އަނިޔާތަކެއް ލިބިއްޖެއެވެ.

މިއެކްސިޑެންޓުގައި އަނިޔާވެފައިވަނި އއ. ބޮޑުފޮޅުދޫ، ދެތަނޑިމާގެ، އާދަމް ޝަހީމް އަށެވެ. އާއިލާއިން މައުލޫމާތުދިިން ގޮތުގައި މިއެކްސިޑެންޓުގައި ޝަހީމްގެ މޫނުމައްޗާއި ލޯ ކައިރިން ފަޅައިގެން ގޮސް، ލޯ ކައިރިން ކަފައިގެން ގޮސްފައި ހުރި ތަނުން ލޭ މަނާ ނުވެގެން ކޮޗިންގެ އެހެން ހޮސްޕިޓަލަކަށް އޭނާ ބަދަލުކުރަން ޖެހުނު ކަމަށާއި މިހާރު ފަރުވާ ދެމުންދާ ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ލަފާގެ މަތިން ލޮލުގެ އޮޕަރޭޝަނެއް ހުކުރު ދުވަހު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ލޮލަށް ލިބުނު އަނިޔާގެ ސަބަބުން ޝަހީމްގެ ލޮލުގެ ކަޅި ނުހިފެހެއްޓި ވެއްޓެނީ ކަމަށާއި ނޭފަތާއި ތުންފަތް އިރައިގެން ގޮސް ފައިގެ އެކި ތަންތަނާއި ބޯ ފަޅައިގެން ގޮސްފައި ހުރި ކަމަށް މައުލޫމާތުދީފައިވެއެވެ.

މީގެ ތިން ދުވަސްކުރިން ރޭގަނޑުގެ ވަގުތެއްގައި ޝަހީމް ގެޔަށް އަންނަނިކޮށް މަގުމަތިން ދިޔަ ސައިކަލެއް އޭނަގެ ގަޔަށް އަރައި ޝަހީމްއަށް ވަނީ ގިނަ ޒަޚަމްތަކެއް ލިބިފައެވެ.

ޝަހީމް އިންޑިޔާއަށް ގޮސްގެން އުޅެނީ އޭނާގެ ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ފުރޮޅުލީގޮނޑިއެއް ގަންނާށެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *