Search Streamline Icon: https://streamlinehq.com

ނޭވާ ހޮޅިޔަށް މުޒާހަރާގައި ބައިވެރިވި ގޮތްނޭގޭ މީހާ އަކީ ކާކުކަން ފުލުހުން ހާމަކޮށްފި

WhatsApp Image 2022 03 25 at 9.45.40 PM pmf9pduqlp4ockuqnzmh8hmcemkutr4obs26zbw8z4

އިދިކޮޅުން އިއްޔެ ކުރިޔަށް ގެންދިޔަ ”ނޭވާ ހޮޅިޔަށް “ މުޒާހަރާގައި ބައިވެރިވި ގޮތްނޭގޭ މީހާއަކީ ކާކުކަން ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ޕީޕީއެމް ޕީއެންސީން އިއްޔެ ކުރިއަށްގެންދިޔަ “ނޭވާހޮޅިއަށް” މުޒާހަރާ ބައިވެރިވި ގޮތް ނޭނގޭ މީހާއަކީ ފުލުހުންގެ ސިއްހީ ހިދުމަތް ދޭ ބައިގައި ވަޒީފާ އަދާކުރާ ބިދޭސީ މުވައްޒަފެއް ކަމަށާއި މުޒާހަރާގައި އެމުވައްޒަފު މަސައްކަތްކޮށްފައިވަނީ ފުލުހުންގެ މެޑިކަލް ޓީމާއެކު ކަމަށެވެ.

އެހެންނަމަވެސް އެމުވައްޒަފަކީ ކޮން ޤައުމަށް ނިސްބަތްކާ މީހެއްކަމެއް ފުލުހުން ހާމަކޮށްފައިނުވެއެވެ.

ބައެއް މީޑިޔާތަކުން ބުނާގޮތުގައި އެމީހާ ފުލުހުންގެ ވެހިކަލެއްގައި އިނދެ ފުލުހުންނަށް ކޮމާންޑުދެމުން ދިޔަ ކަމަށާއި އެމީހާއަކީ ގޮތްނޭގޭ މީހެއް ކަމަށެވެ. އެހެންކަމުން އެމީހާގެ ފޮޓޯ ވަނީ ވަރަށް ބޮޑަށް ވައިރަލްވެފައެވެ. އޭގެ ސަބަބުން މުވައްޒަފަށް އިންޒާރުތައް ލިބެމުންދާ ކަމަށް މުވައްޒަފު ބުނެފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އިއްޔެގެ މުޒާހަރާގައި ފުލުހުންގެ އެމްބިއުލާންސެއްގެ ކައިރީގައި މި މީހާ ފުލުހަކާ ވާހަކަދައްކާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ވަނީ ސޯޝަލް މީޑިއާގައި ވައިރަލްވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *