Search Streamline Icon: https://streamlinehq.com

ގަމުގެ ހާލަތު ގޯސްވާން ޖެހުނީ ސަރުކާރުން އެކުލަވާލި ނާޤާބިލް ބޯޑެއްގެ ސަބަބުން

Logmy1jjjrqqqahk65nxxspfp6sucahg1t2cm1g0 876x566

ލ.ގަމު ހޮސްޕިޓަލް ހަލާކުވެގެން ދިޔައީ ގާތް އެކުވެރިންނަށް ވަޒީފާ ދޭން ހަދައިގެން ނާޤާބިލް މީހުން ހޮސްޕިޓަލުގެ ބޯޑަށް އައްޔަން ކުރުމުގެ ސަބަބުން ކަމަށް ސަރުކާރު ހިންގާ އެމްޑީޕީ އަށް ނިސްބަތްވާ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

ލ.އަތޮޅުގެ ރައްޔިތުންގެ އިތުރަށް އެހެން އަތޮޅުތަކުގެ ގިނަ ޢަދަދެއްގެ ބަޔަކު ޚިދުމަތް ހޯދަމުން ގެންދާ ގަމު ރީޖަނަލް ހޮސްޕިޓަލްގެ ހާލަތު ގޯސްވަމުން ދާތީ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލަ އަށް ބަހުސް ކުރައްވަމުން ސިރާޖް ވިދާޅުވީ ލ.ގަމުގެ ހާލަތު މިހާރު ވަރަށް ދަށް ކަމަށާއި އެމްޑީޕީގެ މެންބަރުންތަކެއް މިމައްސަލަ ބަލައި ނުގަންނަން ވޯޓު ދިނުމަކީ ލަދުވެތި ކަމެއް ކަމަށެވެ.

ސިރާޖު ވިދާޅުވީ ގަމު ހޮސްޕިޓަލަކީ މީގެ ކުރިން 600 މީހުން ދުވާލެއްގެ މައްޗަށް ޚިދުމަތް ހޯދަމުން އައި ތަނެއް ކަމަށާއި އެހެންނަމަވެސް ޚިދުމަތުގެ ފެންވަރު ދަށްވުމުގެ ސަބަބުން މިހާރު ދުވާލަކަށް 100 މީހުންވެސް އެހޮސްޕިޓަލަށް ދަށްކަން ނުދާ ކަމަށެވެ.

މިހެން ވާން ޖެހުނީ ސަރުކާރުން އެކުލަވާލާފައިވާ ބޯޑުން އެއްވެސް ހިންގުންތެރިކަމެއް ނެތި ހޮސްޕިޓަލުގެ ހާލަތު ގޯހުން ގޯހަށް ދިޔުމުން ކަމަށެވެ. އަދި އެހޮސްޕިޓަލުގެ ހާލަތު ގޯސްވާން ޖެހުނީ މިސަރުކާރުން ގާތް ބަޔަކަށް ވަޒީފާ ދިނުމަށްޓަކައި ހޮސްޕިޓަލުގެ ބޯޑަށް ނާޤާބިލް ބަޔަކު އައްޔަން ކުރުމުން ކަމަށް ވިދާޅުވެ ސިރާޖު ވަނީ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.

ހޮސްޕިޓަލުން އެކްސްރޭއެއް ނުނެގޭތާ ތިން މަސް ދުވަސް ވެއްޖެއެވެ. އަދި ދަތުގެ ފަރުވާއަށް ނުލިބޭތާ އަހަރެއް ވެއްޖެ ކަމަށާއި ސްކޭން ނުކުރެވޭތާ ހަމަސް ވަނީ ވެފައެވެ.

ސިރާޖު ވިދާޅުވީ އުއްމީދަކީ ރަނގަޅު ހިދުމަތްތަކެއް ގަމު ރީޖަނަލް ހޮސްޕިޓަލުން ލިބުން ކަމަށާއި ނަމަވެސް މިހާރު އެކުލަވާލާފައިވާ ބޯޑު އޮވެގެން އަދި އެކަން ނުވާ ކަމަށެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *