Search Streamline Icon: https://streamlinehq.com

ކުންފުނިތަކުގެ ނަމުގައި ފުރޯޑް ޕްރޮމޯޝަންތަކެއް، ސަމާލުވޭ!

Images

ބަރަކާތްތެރި ރަމަޟާން މަސް ނިމި ފިތުރު އީދާއި ބައްދަލު ކުރާއިރު އެހެން އަހަރުތަކެކޭ އެއްގޮތަށް ވިޔަފާރި ކުންފުނި ތަކުންނާއި އެކި ފަންތީގެ ވިޔަފާރިތަކުން އެކި ނަންނަމުގައި ޕޮރޮމޯޝަންތައް އަންނަނީ ހިންގަމުންނެވެ. އެގޮތުން ތަފާތު ބޮޑެތި އަދަދަދުތަކުން ފައިސާގެ އިނާމާއި، ގިވްއަވޭ ގިފްޓްތައް އަންނަނީ ހުށައަޅަމުންނެވެ. މިފަދަ ޕޯސްޓްތައް ޝެއާކޮށް އިނާމް ހޯދުމަށް ފެންބޮވައިގެންފައި ތިބޭ އާމުން އަންނަނީ އެބައިމީހުންނަށް އިނާމު ލިބޭނެ ހުރިހާ ރޮނގަކުން މަސައްކަތް ކުރަމުންނޭ ދެއްނެވުމަކުން ދޮގަކަށް ނުވާނެއެވެ. ހިތާމައަކީ މިފަދަ ޕްރޮމޯޝަން ތަކުގެ ފައިދާ ނާޖައިޒް ގޮތުގައި ބޭނުން ކުރާ ބަޔަކު އަހެރެމެންގެ ތެރޭގައި އުޅޭތީއެވެ.

ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ) އިން މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެސްޓީއޯ ސްޕަމާޓް ނަމުގައި މީސްމީޑިއާގައި ފައިސާގެ އިނާާމު ލިބޭނެފަދަ ޕްރޮމޯޝަންތައް އޮޅުވާލައިގެން ހިންގަމުންދާކަމުގެ މައުލޫމާތު އެ ކުންފުންޏަށް ލިބިފައިވާކަމަށެވެ. އަދި ކަސްޓަމަރުންނަށް އިނާމް ލިބޭ ޕޮރޮމީޝަންތައް އެކުންފުނިން ހިންގަމުންގެންދާނީ އެކުންފުނީ ގެ އޮފިޝަލް ޕޭޖުން ކަމަށާ، އިނާމް ދިނުމަށް ގުޅާނީ އެކުންފުނީގެ ކޯލްސެންޓަރ ގެ ނަންބަރު 1422 ން ކަމަށެވެ. އެހެން ކަމުން މިފަދަ ފޭކް ޕްރޮމޯޝަންތަކުގައި ބައިވެރި ނުވުމަށާއި، ޝެއަރ ނުކުރުމަށް އިލްތިމާސް ކުރާކަމަށްވެސް އެކުންފުނީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެސްޓީއޯއިން މިފަދަ ބަޔާނެއް ނެރެފައިވާއިރު ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުންދާ ކުންފުންޏެއްކަމަށްވާ ރެޑްވޭވުންވެސް ވަނީ ކަސްޓަމަރުންގެ ސަމާލުކަމަށް މިކަން ގެނެސްފައެވެ.

ރެޑްވޭވުން ބުނެފައިވަނީ އޮލުވާލައިގެން އެފަރާތުގެ ނަމުގައި ފައިސާގެ އިނާމްތައްލިބޭ ޕްރޮމޯޝަންތަކެއް މީސްމީޑިއާގައި ކުރިޔަށް ގެންދާކަމުގެ މައުލޫމާތު ލިބެމުން އަންނަކަމަށެވެ. އަދި އެފަދަ އެއްވެސް ޕްރޮމޯޝަން އެއް ނުހިންގާކަމަށާ، އެފަދަ ޕޯސްޓްތައް ޝެއަރ ނުކުރުމަށް އިލްތިމާސް ކުރާކަމަށެވެ. އަދި ޕްރޮމޯޝަން އެއް ކުރިޔަށް ގެންދާނަމަ ގެންދާނީ އޮފިޝަލް އެކައުންޓުތަކުން ކަމަށްވެސް ވަނީ ބުނެފައެވެ.

ސޯޝަލް މީޑިއާއިން ފެންނަ ކޮންމެ އެއްޗެއް ޝެއާކުރުމުގެ ކުރިން ތެދުދޮގު ކަށަވަރު ކުރާބަޔަކަށް އަޅުގަނޑުމެން ވާމާ ހިނގާށެވެ. އޭރުން އޮޅުވާލައިގެން މިކުރާ ވައްކަންތައް ހުއްޓުވިދާނެއެެވެ.

Leave a Reply

Your email address will not be published. Required fields are marked *