Search Streamline Icon: https://streamlinehq.com

އެއާޕޯޓް ދޫނި ލެބުން ވައްކަން ކުރި ދެމީހަކު ހޯދަނީ

Lab

އެއަރޕޯޓްގައި ހިންގަމުންދާ ޕްލާންޓް އެންޑް އެނިމަލް ޔުނިޓްގެ ދޫނި ލެބުން ވައްކަން ކޮށްފައިވާ މައްސަލައެއްގައި ދެ މީހަކު ހޯދުމަށް ފުލުހުން ވީޑިއޯ އާމުކޮށްފިއެވެ.

އާންމު ކުރި ވީޑިއޯގައި ފެންނަނީ ދެމީހަކު އެއާޕޯޓްގެ ދޫނި ލެބަށްވަދެ ވައްކަންކުރުމަސް މަސައްކަތް ކުރަމުންދާ މަންޒަރެވެ.

މި ވީޑިއޯ އާންމު ކުރުމަށްފަހު ފުލުހުން ބުނީ ވީޑިއޯއިން ފެންނަ ދެ މީހުންނަކީ 2022 އޭޕްރީލް 27 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރގެ ފަރާތުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ހިންގަމުންދާ ޕްލާންޓް އެންޑް އެނިމަލް ޔުނިޓްގެ ދޮރެއް ހަލާކުކޮށްލައި، އެތަނުގެ ދޫނި ލެބުން ވައްކަން ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި، އެއަރޕޯޓް ޕޮލިހުން ކުރަމުންދާ ތަހުގީގަށް ހޯދަންބޭނުންވާ ދެމީހުންކަމަށެވެ. އަދި އެއީ ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކޮންބައެއްކަން ދެނެގަނެވިފައިނުވާތީ ނުހޯދިފައިވާ ދެމީހުން ކަމަށެވެ.

https://youtu.be/io3YRXUymGg

ފުލުހުން އިތުރަށް ބުނީ މިފަދަ ކަންކަމުގައި އަބަދުވެސް އާމުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބެމުންއަންނަކަމަށެވެ. އަދި ވީޑިއޯއިން ފެންނަ ދެމީހުންނާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެއަރޕޯޓް ޕޮލިސްގެ ނަންބަރު 9968024 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *