އިއްޔެ ފުވައްމުލަކު ސިޓީ އިން ޑައިވިނަށް ގޮސް އުޅުމުގެ ތެރޭގައި ގެއްލުނު މީހާ ހޯދުމަށް ކަނޑުގެ 55 ސޮކައަރ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބެލިއްޖެ ކަމަށާ، އަދިވެސް މަސައްކަތް ހުއްޓާނުލާ ކުރިޔަށް ގެންދާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް) ން ބުނެފިއެވެ.

ޑައިވިނަށް ގޮސް އޫޅުމުގެ ތެރޭގައި ގެއްލިފައިވަނީ ރަށުގެ ޑައިވިން އިންސްޓްރަކްޓަރެއް ކަމަށްވާ މުހައްމަދު ސައީދެވެ. އުމުރުން 35 އަހަރުގެ ސައީދަކީ ފުވައްމުލަކުގައި އަމިއްލަ ޑައިވިން ސެންޓަރެއް ހިންގާ މީހެކެވެ.
އެމްއެންޑީއެފުން ބުނީ ސައީދު ހޯދުމަށް އިއްޔެ 2 ހާބާރ ކްރާފްޓް ބޭނުންކޮށްގެން ހޯދުމުގެ މަސައްކަތް ކޮށްފައިވާއިރު މިއަދުވެސް އެމަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ގެ ޑޯނިއަރ ފްލައިޓް ބޭނުން ކުރުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ އިއްޔެވެސް އަދި މިއަދުވެސް ހޯދުމުގެ މަސައްކަތުގައި އެމްއެންދީއެފްގެ ޑައިވަރުންގެ ިއތުރުން ފުވައްމުލަކު ސިޓީގެ ޑައިވަރުންވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ސައީދު ގެއްލުނީ އިއްޔެ ފަން ޑައިވް އަކަށް އިތުރު މީހަކާއިއެކު ޑައިވިން އަށް ގޮސް އުޅުމުގެ ތެރޭގައެވެ. އަދި އޭނާ އާއިއެކު ފޭބި އަނެއް މީހާވެސް ހާލު ދެރަވެ، މިހާރު އަންނަނީ ދ. އަތޮޅުގައި އޮންނަ ކަންޑިންމަ މޯލްޑިވްސް ރިސޯޓުގެ ޑައިވިން ޗެންބަރ އިން ފަރުވާ ދެމުންނެވެ.









