Search Streamline Icon: https://streamlinehq.com

ސްރީލަންކާގެ ބޮޑުވަޒީރު މަޤާމުން އިސްތިއުފާ ދެއްވައިފި

Mahinda rajapaksa Srilanka

އަވައްޓެރި ސްރީލަންކާގެ ޙާލަތު އެންމެ ގޯސްވެފައިވާ މިދަނޑިވަޅުގައި އެޤައުމުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްޝަ މަޤާމުން އިސްތިއުފާ ދެއްވައިފި އެވެ.

މަހިންދަ ރާޖަޕަކްޝަ އިސްތިއުފާ ދެއްވާފައިވަނީ ސަރުކާރާ ދެކޮޅަށް ސްރީލަންކާގެ ރައްޔިތުން މަގުތަކަށް ނުކުމެ ކުރަމުންދިޔަ ސުލްޙަވެރި މުޒާހަރާތައް ހޫނުވެ ސްރީލަންކާގައި ކާފިއު އިއުލާންކޮށްފައިވާ މި ނާޒުކު ދަނޑިވަޅުގައެވެ.

ސްރީލަންކާގެ ބޮޑުވަޒީރު ކަމުގެ މަޤާމުން ރާޖަޕަކްޝަ އިސްތިއުފާ ދެއްވިކަމުގެ ސިޓީ، ލިބިފައިވާކަމަށް ސްރީލަންކާގެ ރައީސްގެ ތަރުޖަމާނުވެސް ވަނީ ވިދާޅުވެފަ އެވެ.

ސްރީލަންކާގެ މަގު ތަކަށް އާންމުންގެ ގިނަބަޔަކު ނުކުމެ އެޤައުމުގެ ސަރުކާރާ ދެކޮޅަށް ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގައި ރައީސް ގޮޓަބަޔަ ރާޖަޕަކްސަ އަކީ ބާޣީއެއްކަމަށް ގޮވާ ގޮޓަބަޔަގެ ސަރުކާރު އިސްތިއުފާދިނުމަށްވެސް މުޒާހަރާގެ ބައިވެރިން ދަނީ އަޑު އުފުލަމުންނެވެ. މެދުކެނޑުމެއްނެތި ގިނަ ދުވަސްތަކަކަށް ދިގުދެމިގެންދާ މިމުޒާހަރާގެ ސަބަބުން ސިޔާސީ މަޝްރަހުވެސް ހޫނުވެ ރައީސް ގޮޓަބަޔަގެ ކެބިނެޓުވެސް ވަނީ ހުސްވިމަހު ކުރީކޮޅު އިސްތިއުފާ ދެއްވާފައެވެ.

އަވަސް ފުރުޞަތެއްގެ ތެރޭގައި މިހާލަތުން އަރައި ނުގަނެވިއްޖެ ނަމަ ސްރީލަންކާގެ އާންމުންގެ ގިނަބަޔަކު ކާބޯތަކެއްޗަށް ޖެހޭނެކަމަށް ކަމާ ބެހޭ މާހިރުން ވަނީ ލަފާ ކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *