މޫސުމް ގޯސްވާނެކަމަށް ލަފާކުރައްވާ ހއ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދުސަމާލު ނެރުއްވައިފިއެވެ.
މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރައްވާކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ވެސް ކަމަށް ލަފާކުރައްވާކަމުގަ އެވެ.









