ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކުރިމަތި ވެދާނެ ނުރައްކަލަކަށް ސަމާލުވުމަށް ހުޅުމާލެ ޑިވޮލެޕްމަންޓް ކޯމަޕަރޭޝަން (އެޗްޑިސީ) އިލްތިމާސްކޮށްފިއެވެ.
އެޗްޑީސީ މިހެން ބުނެފައިވަނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ހުޅުމާލެ ފޭސް 2 ގައި ހަދަމުންދިޔަ އިމާރާތެއްގެ މަތިން ފިލާތަކެއް ވަޔާ ވިއްސައިގެން މަގުމައްޗަށް ވެރިފައިވަނިކޮށެވެ.
ހުޅަނގު މޫސުމުގެ ވިއްސާރަޔާއެކު ވައިގަދަވުމުގެ ސަބަބުން ދިމާވެދާނެ ނުރައްކަލަކަށް ސަމާލުވެ ރައްކާތެރިވެތިބުމަށް އިލްތިމާސްކުރަން.
އެޗްޑީސީ
ރާއްޖޭގެ މޫސުމް ގޯސްވުމާއި ގުޅިގެން މިއަދުވެސް ބޯކޮށްވާރޭވެހި ވައިގަދަވާނެކަމަށް ލަފާކޮށް މުސުމާއިބެހޭ އިދާރާއިން ވަނީ ހއ. އިން ފެށިގެން މ އަތޮޅާއިހަމަޔަށް ރީނދޫ ސަމާލު ނެރެފައެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި ތަފާތުގެއްލުންތައް އަންނަނީ ކުރިމަތިވަމުންނެވެ. ޚާއްސަކޮށް މާލެ ސަރަހައްދުގައި ނުރައްކާތެރި ހާދިސާތައް ހިނގާލެއް އިތުރެވެ. އެގޮތުން މިދިޔަ ބުރާށްފަތި ދުވަހު އައި ކޮޅިގަޑެއްގައި ހުޅުމާލޭ ފޭސް2 ގައި ޕާކް ކޮށްފައިހުރި ސައިކަލްތަކެއް ވަނީ ވަޔާ ވިއްސައިގެންގޮސްފައެވެ.









