Search Streamline Icon: https://streamlinehq.com

ވިލިމާލެ ދާއިރާގެ ގޮނޑި ޕީޕީއެމްގެ ނާޒިމާ ކާމިޔާބުކުރައްވައިފި

PPM Nazima

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާގެ ގޮނޑި ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި ފާތިމަތު ނާޒިމާ ކާމިޔާބުކުރައްވައިފިއެވެ.

ވިލިމާލެ ދާއިރާގެ މި ގޮނޑި ޕީޕީއެމް އިން ވާދަކުރެއްވި ނާޒިމާ ކާމިޔާބު ކުރައްވާފައި ވަނީ މި އިންތިޚާބުގައި ވާދަކުރެއްވި އެމްއެންޕީގެ އާމިނަތު ޝީޒާގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ.

ޕީޕީއެމް އިން ވާދަކުރެއްވި ނާޒިމާއަށް 359 ވޯޓް ލިބިލައްވާފައިވާއިރު މި އިންތިޚާބުން ބަލިވި ޝީޒާއަށް ލިބިލައްވާފައިވަނީ 353 ވޯޓެވެ.

ސަރުކާރު ހިންގާ އެމްޑީޕީން މި ގޮނޑިއަށް ވާދަ ކުރައްވާފައި ނުވި ނަމަވެސް ނަމަވެސް އެމްޑީޕީން ވަނީ މި އިންތިޚަބުން ބަލިވި ކެނޑިޑޭޓް ކަމުގައިވާ ޝީޒާއަށް ތާއިދުކުރައްވާފައެވެ. އަދި ޕީޕީއެމްއިން ވަކިކުރި މާލޭސިޓީގެ ކައުންސިލަރ ނަހުލާ ޢަލީ ވެސް ފާޅުގައި އެމްއެންޕީގެ ކެނޑިޑޭޓަށް ތާއިދު ކުރައްވާކަމަށް ޕީޕީއެމް އިން ވަނީ ތުހުމަތު ކުރައްވާފައެވެ.

މަދު ބަޔަކު ވޯޓް ލާންދިޔަ މި އިންތިޚާބުގައި ފޮށީ ބަންދުކުރުމާއި ދާދި ގާތްވެފައި ވަނިކޮށް ވޯޓްލާން ދިޔަ ބަޔަކަށް އެ ފުރުޞަތު ނުދީ ފޮށި ބަންދުކުރި ކަމަށް ބުނެ ޕީޕީއެމްއިން ވަނީ ނުުރުހުން ފާޅުކުރައްވާފައެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާގެ އިންތިޚާބު ބާއްވަން ޖެހިފައިމިވަނީ ކުރިން އެމަގާމްގައި ހުރި އެމްޑީޕީގެ ކެނޑިޑޭޓް އާމިނަތު އީމާން އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވުމުމާއި ގުޅިގެންނެވެ.

Leave a Reply

Your email address will not be published. Required fields are marked *