Search Streamline Icon: https://streamlinehq.com

ފަހުގެ

ފައްޔާޒް އެމްޑީޕީއަށް ކާމިޔާބީ ހޯދާނެކަމީ އަޅުގަނޑު ޝައްކުކުރާ ކަމެއްނޫން: ރައީސް ނަޝީދު

Fayya Anni

އިއްޔެ ބޭއްވި އިންތިޙާބުން ވަރަށް ފުރިހަމަ ކާމިޔާބީއެއް ހޯއްދަވައި އެމްޑީޕީގެ ޗެއާޕާސަން ކަމަށް އިންތިހާބުވި އިކޮނޮމިކް މިނިސްޓަރު އަލްއުސްތާޛް ފައްޔާޒު އިސްމާޢީލްއާއިއެކު އިތުރު ކާމިޔާބީތައް އެމްޑީޕީން ހޯދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އެމްޑީޕީގެ ރައީސް، އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު ފައްޔާޒު ކާމިޔާބު ކުރެއްވާފައިވަނީ އިންތިޚާބުގައި ވޯޓް ދެއްވި މީހުންގެ 58 ޕަސެންޓް ވޯޓް ހޯއްދަވައިގެންނެވެ. މި އިންތިޚާބުގައި ފައްޔާޒް އާއި ވާދަކުރެއްވި އިމްތިޔާޒް ފަހުމީއަށް ލިބިވަޑައިގެންފައިވަނީ 42 ޕަސެންޓް ވޯޓެވެ.

ރައީސް މުޙައްމަދު ނަޝީދު ފައްޔާޒް އިސްމާޢީލް އަށް މަރުޙަބާ ވިދާޅުވެފައިމިވަނީ އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަޤާމު ފައްޔާޒް އިސްމާޢީލް ކަށަވަރު ކުރެއްވިތާ އެތައް އިރެއް ފަހުންނެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ފައްޔާޒް އިސްމާޢީލް އިންތިޚާބުވުމާއި ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ފައްޔާޒް އާއި ފަޔާގެ ކެމްޕޭން ޓީމަށް އަދި އިންތިޚާބުގައި ފައްޔާޒް އާއި ވާދަކުރެއްވި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީގެ ކެމްޕޭން ޓީމަށް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވާ ކަމުގައެވެ.

”ފަޔާ އަށާއި ފަޔާގެ ކެމްޕެއިން ޓީމަށް އަދި އިންތިއާއި އިންތިގެ ކެމްޕެއިން ޓީމަށް ވަރަށްބޮޑަށް މަރުޙަބާ. ފަޔާގެ ޗެއާޕާސަން ކަމުގައި އެމްޑީޕީއަށް އިތުރު ކާމިޔާބީތައް ހޯދާނެކަމީ އަޅުގަނޑުގެ ހިތުގަ ޝައްކު ހިނގާ ކަމެއްނޫން“ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.

ރައީސް މުޙައްމަދު ނަޝީދު ފައްޔާޒް އަށް މަރުޙަބާ ވިދާޅުވެފައިވާއިރު، މި އިްނތިޚާބުން ބަލިވެ ވަޑައިގެންފައިވާ އިމްތިޔާޒް ފަހުމީވެސް ވަނީ ބަލި ޤަބޫލު ކުރައްވައި ފަޔާޒް އަށް މަރުޙަބާ ވިދާޅުވެފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި