އިމާރާތް ކުރުމުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ 120 މުވައްޒަފުން ހޯދުމަށް އެމްޓީސީސީން އިއުލާނު ކޮށްފި އެވެ.
އެމްޓީސީސީން ކުރި އިއުލާނެއްގައި ބުނެފައިުވަނީ އެކުންފުނިން ކަނޑައަޅާ ސައިތަކުގައި މަސައްކަތް ކުރުމަށް ހޯދާ 120 މުވައްޒަފުން ކަމުގައެވެ.
އެމްޓީސީސީ އަށް ބޭނުންވާ 120 މުވައްޒަފުން ހޯދުމަށް ރާއްޖޭގެ ބައެއް ރަށްރަށަށް ވެސް އެކުންފުނިން ވަނީ ދަތުރު ކުރައްވައި އެ ރައްރަށުގެ ޒުވާނުންނާއި ބައްދަލްކޮށް މައުލޫމާތު ހިއްޞާކުރައްވާފައެވެ.
އެ ކުންފުނިން ހާމަކުރެއްވި ގޮތުގައި މިވަގުތު 120 ލޭބަރުން ހޯދަން ނިންމާފައި ވަނީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓް އުސޫލުންނެވެ. ނަމަވެސް މަސައްކަތުގެ ފެންވަރަށް ބެލުމަށް ފަހު މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ކުފުނިން ވަނީ ހާމަކުރައްވާފައެވެ.
އެމްޓީސީސީ އިން ހާމަކުރައްވާ ގޮތުގައި ލޭބަރުންގެ ގޮތުގައިނަގާ 120 ލޭބަރުންގެ މުސާރައިގެ ގޮތުގައި 10،300 ރުފިޔާ އާއި، 13،700 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭ މި ވަޒީފާގައި މުސާރައިގެ އިތުރުން ގިނަ އިނާޔަތްތަކެއްވެސް ވަނީ ކަނޑައަޅުއްވާފައެވެ. މުސާރައިގެ އިތުރުން ލިބޭ އިނާޔަތްތަކުގެ ތެރޭގައި، ސައިޓުގައި ހުރުމާއި ކެއުމުގެ އިތުރުން މެޑިކަލް އިންޝުއަރެންސް އާއި ޕެންޝަން ސްކީމްވެސް ހިމެނިފައި ވެއެވެ.
އެމްޓީސީސީން ހާމަކުތެއްވި ގޮތުގައި މި ވަޒީފާއަށް އެދިލައްފާ ފަރާތްތަކުގައި ހުރުމަށް ބޭޏުންވާ ޝަރުޠު ތަކުގެ ތެރޭގައި އަސާސީ ތައުލީމް ހާސިލްކޮށްފައިވުމާއި އެކު ކޮންސްޓްރަކްޝަން ދާއިރާއިން ތަޖުރިބާ ނުވަތަ އެ ދާއިރާގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ހުރުމާއިއެކު އެ ކުންފުނިން ކަނޑައަޅާ ސައިޓެއްގައި މަސައްކަތް ކުރެވޭނެ ފަރާތެއް ކަމުގައި ވުމާއި ގިނަ ވަގުތު މަސައްކަތް ކުރެވޭނެ ފަރާތެއް ކަމުގައި ވުން ހިމެނެއެވެ.
އެމްޓީސީސީން ހާމަކުރެއްވި ގޮތުގައި މި ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކުން، މާދަމާ ހުޅުމާލޭ އެމްޓީސީސީ ޓާމިނަލްގައި އޮންނަ އެ ކުންފުނީގެ އޯޕަން ޑޭ އަށް ސީވީއާއި އައިޑީކާޑުގެ ކޮޕީއަކާއެކު ވަޑައިގަތުމަށް އެމްޓީސީސީން އެދިލައްވައެވެ.
އެ މަގާމަށް ހޮވުމަށް ނިންމާފައިވަނބީ ތައުލީމާއި ތަޖުރިބާގެ އިތުރުން އިންޓަވިއުއަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ކަމަށްވެސް އެ ކުންފުނިން ހާމަކުރައްވައެވެ.









