ރައީސް މައުމޫންގެ ޒައާމަތުގައި ށ. ފުނަދޫގެ ތަރައްޤީއަށް ކޮށްދެއްވާފައިވާ މަސައްކަތްތައް ފުނަދޫގެ ރައްޔިތުން ބަލައިގަނެ އެކަމަށް ޝުކުރުއަދާކުރުމުގެ ގޮތުން ކައުންސިލުން އެމަނިކުފާނުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއްކޮށްފިއެވެ.
އެމްއާރުއެމްގެ ލީޑަރު، ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް، ޗުއްޓީ ހޭދަކޮށްލުމަށް މިހާރު ވަޑައިގެން ހުންނެވީ ށ. ފުނަދޫގައެވެ.

މައުމޫންގެ އަރިހަށް ފުނަދޫ ކައުންސިލުން ކުރި އިޙްތިރާމްގެ ޒިޔާރަތުގައި ކައުންސިލަރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިތުރުން ކައުންސިލް އިދާރާގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

އެމްއާރުއެމްއިންވެސް ވަނީ ރައީސް މައުމޫންގެ ޚިދުމަތްތައް ބަލައިގަނެ ފުނަދޫ ރައްޔިތުންނާއި ކައުންސިލުން ބެހެއްޓެވިގައިކަން ފާހަގަކޮށް ފުނަދޫގެ ރައްޔިތުންނަށާއި ކައުންސިލަށް ޝުކުރު އަދާކޮށްފައެވެ.









