Search Streamline Icon: https://streamlinehq.com

ބައިބައިވުމާއި، ދެބަސްވުމާއި، ހަމަނުޖެހުމާއި، ހައިޖާނަކީ ޤައުމެއްގެ މިނިވަންކަން ރަމްޒުކޮށްދޭ ކަމެއް ނޫން:ރައީސް ޞާލިޙް

Raees Solih Minivandhuvas

ބައިބައިވުމާއި، ދެބަސްވުމާއި، ހަމަނުޖެހުމާއި، ހައިޖާނަކީ ޤައުމެއްގެ މިނިވަންކަން ރަމްޒުކޮށްދޭ ކަމެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަން ކަމަށް 57 އަހަރު ފުރޭ، 58 ވަނަ މިނިވަންދުވަހުގެ މުނާޞަބާގައި ދިވެހިޤައުމާއި މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މުޖުތަމަޢުގެ ބައިބައިވުމާއި، ދެބަސްވުމާއި، ހަމަނުޖެހުމާއި، ހައިޖާނަކީ ޤައުމެއްގެ މިނިވަންކަން ރަމްޒުކޮށްދޭ ކަމެއް ނޫން ކަމުގައި ވިދާޅުވިއެވެ. އަދި ޢާއިލާތެރެއިން ފެށިގެން ދިރިއުޅޭ މާޙައުލާއި، ރަށާއި، އަތޮޅާއި، މުޅި ޤައުމުގައިވެސް ހަމަޖެހުން އޮންނަންޖެހޭނެ ކަމަށްވެެސް އެމަކުފާނު ވިދާޅުވި އެވެ.

ރައީސް ޞާލިޙްގެ ވާހަކަފުޅުގައި އެއްވެސް ބަޔަކު ބާކީނުވާނެ ހުރިހާ ގޮތެއް ބަލައިގެން މެނުވީ، ޒުވާބުން އަރައެއްނުގަނެވޭނެކަން ފާހަގަކުރެއްވި އެވެ.

”ރާއްޖޭގައި ހަމަޖެހުން އޮންނަން ޖެހޭނެ. އެއީ އަޑުއެހުމާއި، މަޝްވަރާއާއި، އިޙްތިރާމުން މެނުވީ، ގެނެވޭނެ އެއްޗެއް ނޫން. އަމިއްލަ ދިރިއުޅުމައިގެން ކުރާނެ ފިކުރާއި، ހިނގާނެ މަގު، ރައްޔިތުންނަށް އޮންނަން ޖެހޭނެ. މި ދެންނެވި މަގުން ގޮސްގެން މެނުވީ، ހަމަޖެހޭ އުފާވެރި، ފާގަތި، މިނިވަން ދިވެހިރާއްޖެއެއް ލިބިގަތުމަށް ދަތިވާނެ.“ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވި އެވެ.

ރައީސް ޞާޅިޙް ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު ޒިންމާއަކީ، އެހިނދަކު ދުނިޔެއަށް ކުރިމަތިވާ ކޮންމެ ކޮޅިގަނޑަކުން ސަލާމަތްވެ، ރައްޔިތުންނައިގެން އަމާން ބަނދަރަކަށް ވަދެވޭނެ މިޞްރާބަށް ދީލައިލުން ކަމުގައެވެ. އަދި ރައްޔިތުންނަށް އަޅުގަނޑުމެން ވީ ވަޢުދުތައް ފުއްދަމުން، މާ އުފާފާގަތި މާދަމާއެއް ހޯދުމަށް، ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވި އެވެ.

Leave a Reply

Your email address will not be published. Required fields are marked *