Search Streamline Icon: https://streamlinehq.com

ޤަވާޢިދާ ޚިލާފަށް ބަރުކޮށްގެން ދަތުރުކުރި ބޯޓެއް މާލެ‘ ފަޅަށް

Police fenvaru Online

މުދާއުފުލާ އުޅަނދުފަހަރަށް މުދާ ބަރުކުރަން ހުއްދަ ދީފައިވާ ވަރަށްވުރެ އިތުރަށް މުދާ ބަރުކޮށްގެން މާލެއިން ފުރައިގެން ދެކުނަށް ދަތުރުކުރަމުންދިއަ މުދާ އުފުލާބޯޓެއް، ފުލުހުން ހުއްޓުވައިފި އެވެ.

ފުލުހުން ހާމަކުރެއްވި ގޮތުގައި ޤަވާއިދާ ޚިލާފަށް މުދާ ބަރުކޮށްގެން މާލެއިން ފުރައިގެން ދެކުނަށް ދަތުރު ކުރަމުންދިޔަ “ސައުތުލައިން” ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް ހުއްޓުވައި، އަނބުރައި މާލޭ ފަޅަށް ވަނީ ވައްދާފައެވެ.

ފުލުހުން ހާމަކުރެއްވި ގޮތުގައި އެ ބޯޓް މާލޭ ފަޅަށް ވެއްދުމަށްފަހު، ޤަވާޢިދާ އެއްގޮތަށް މުދާ ބަރުކޮށްގެން ނޫނީ އަލުން ދަތުރަށް ނުފުރުމަށް އެ ބޯޓަށްވަނީ އަންގާފައެވެ.

މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވެފައި، ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސާމާލުކަން ދީގެން ދަތުރުކުރުމަށްވެސް ޕޮލިހުން ވަނީ ނަޞޭހަތްތެރިވެފައެވެ. އަދި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ވެސް ޕޮލިހުންވަނީ އިލްތިމާސް ކުރައްވާފަ އެވެ.

ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައިގައި މިއަދުވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކުރައްވާފައެވެ. އެ އިދާރާއިން ލަފާކުރައްވާ ގޮތުގައި އާއްމު ގޮތެއްގައި 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް ލަފާކުރައްވާއިރު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ބާރުވާނެކަމަށްވެސް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައެވެ.

އާންމު ގޮތެއްގައި ރާއްޖޭގެ ކަނޑުތައް ގަވަވާނެ ކަމަށް ބެލެވޭއިރު ރާޅުގެ އުސްމިން 4 ފޫޓާއި 7 ފޫޓާއި ދެމެދުގައި ހުންނާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައި ވެއެވެ.

މިހާރު ރާއްޖެއަށް ކުރަމުން އަންނަނީ ދެ މޫސުން ބެދޭ ދުވަސްވަރުގައި ކުރާ ވިއްސާރައެވެ.

މޫސުމާއިބެހޭ ޤައުމީ އިދާރާގެ އިތުރުން ފުލުހުންނާއި ސިފައިންވެސް ވަނީ ކަނޑުދަތުރުފަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ.

ދަތުރަކަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައި، ކަނޑުގަދަ ނަމަ ދަތުރުނުކުރުމަށްވެސް ފުލުހުންނާއި ސިފައިންވެސް ވަނީ އާންމުންގެ ކިބައިން އެދިލައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *