Search Streamline Icon: https://streamlinehq.com

ސަވާރީ ނޮޅިވަރަންފަރު ފަރުމައްޗަށް އުރިއްޖެ

Kelaa savaaree Boat fenvaru online

ބޮޑުތިލަދުންމައްތީ ކެލާ ސަވާރީ ބޯޓް ހދ. ނޮޅިވަރަންފަރު ފަރުމައްޗަށް އުރިއްޖެ އެވެ.

މޯލްޑިވްސް ނެސަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް)އިންވެސް ވަނީ މިކަން ކަށަވަރުކޮށް ދެއްވާފަ އެވެ.

މިހާދިސާއާއި ގުޅިގެން މީޑިއާއަށް މައުލޫމާތު ޙިއްޞާކުރައްވަމުން އެމްއެންޑީއެފް އިން ވިދާޅުވީ ހދ. ނޮޅިވަރަންފަރު ނެރުމައްޗަށް ”ސަވާރީ“ ނަމަކަށް ކިޔާ މުދާއުފުލާ ދޯންޏެއް އަރައިގެން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިން، 19:34 ހާއިރު އެ ސަރަޙައްދަށް ގޮސް ޙަރަކާތްތެރިވާން ފަށާފައިވާކަމުގަ އެވެ. މި ހާދިސާގެ ރިޕޯރޓް އެމްއެންޑީއެފްއަށް ލިބިފައިވަނީ މިރޭ 18:30 ހާއިރުކަމަށް ވެސް އެމްއެންޑީއެފްއިން ވިދާޅުވި އެވެ.

”ފެންވަރު އޮންލައިން“އަށް މަޢުލޫމާތު ޙިއްޞާ ކުރައްވަމުން ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް ނަދީމް ވިދާޅުވީ ނޮޅިވަރަންފަރު ނެރުމަތީގައި ހުރި ބޮޑެތި ގާތަކުން ގަލަކަށް ސަވާރީ ބޯޓްއަރާފައިވާކަމަށާއި، ބޯޓުގެ ބޮޑުބައި އަޑިއަށް ގޮސްފައިވާ ކަމުގައެވެ. މިވަގުތު ސަވާރީ ބޯޓުން ފެނުން މައްޗަށް ފެންނަން ހުރީ ބޯޓުގެ ހިޔާގަނޑުން އެއްބައި ކަމަށްވެސް ނަދީމް ވިދާޅުވި އެވެ.

މިހާދިސާގައި ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމުގެ މަޢުލޫމާތު ލިބިލައްފާއި ނުވާކަމަށާއި ނަދީމް ވިދާޅުވި އެވެ. އަދި ސަވާރީ ބޯޓުގައި ތިބި އެންމެންވެސް މިވަގުތު ވަނީ ނޮޅިވަރަންފަރަށް ގެންގޮސްފައިކަމަށްވެސް ނަދީމް ވިދާޅުވި އެވެ.

ސަވާރީ ބޯޓް ނޮޅިވަރަންފަރު ނެރުމައްޗަށް އެރުމާއެކު ބޯޓު ފުންކުރުމަށް މަސައްކަތްކުރި ނަމަވެސް ފުންވާގޮތްވަނީ ނުވެފައެވެ. އަދި އެހެން ފަހަރުތަކަށްވުރެ މިފަހަރު ބޯޓް އޮތީ ބަރުކޮށްކަމަށްވެސް ނޮޅިވަރަންފަރުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. ނަމަވެސް ބޯޓުން އޮޔާދާ މުދާތަށް ކަނޑުން ނަގައި އެއްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އޭނާ ބުންޏެވެ.

ރާއްޖޭގެ ބައެއް މީޑިއާތަކަށް މަޢޫލޫމާތު ދެއްވަމުން ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް ނަދީމް ވިދާޅުވެފައި ވަނީ އެރަށު ނެރުގެ ބޭރުފައިކަށީގެ ބޭރުކައިރީގައި ހުރި ބޮޑެތި ގައުތައް ނަގައިދިނުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގައި ނޮޅިވަރަންފަރު ކައުންސިލުން ތަކުރާރުކޮށް އެދިލައްވާފައިވާނެ ކަމުގަ އެވެ. ނަމަވެސް މިއަދާ ހިސާބަށް ވެސް މިކަމަށް އެއްވެސް ހައްލެއް ލިބިލައްވާފައިނުވާ ކަމަށްވެސް ނަދީމް ވިދާޅުވެފައި ވެއެވެ.

 

މި ދުވަސްވަރަކީ މުޅިރާއްޖެއަށްވެސް މޫސުމް ގޯސް ދުވަސްރަކަށްވެފައިވާއިރު، މިދިޔަ އޯގަސްޓް މަހުގެ 31 ވަނަ ދުވަހުވެސް ވަނީ ހަމަ މިފަދަ ހިތާމަވެރި ހާދިސާއެއް ކަނޑުމަތީގައި ހިނގާފައެވެ. މި ހާދިސާގައި ކ.ގާފަރު ފަރަށް އުރިގެން އަޑިއަށް ގޮސްފައިވަނީ ގިނަ ބަޔަކާއި އެކު މާލެއިން ފުރައިގެން ނ. އަތޮޅަށް ދަތުރު ކުރަމުންދިޔަ ލަންދޫ ބޯޓެވެ.

ޤަވާޢިދާ އެއްގޮތަށް މުދާ ބަރުކޮށްގެން ދަތުރަށް ފެށުމަށާއި، ކަނޑުދަތުރުކުރައްވާ ހުރިހައި ފަރާތަކުންވެސް މޫސުމަށް ބަލައިގެން ދަތުރުކުރުމަށް މޫސުމާއިބެހޭ ޤަޢުމީ އިދާރާއިންނާއި އެމްއެންޑީއެފްއާއި ފުލުހުން ގެންދަވަނީ ކެނޑިނޭޅި އިލްތިމާސް ކުރައްވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *