Search Streamline Icon: https://streamlinehq.com

ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ ފެނިއްޖެ

Gelligen Hodhaa

ގެއްލިގެން ފުލުހުން ހޯދަމުންދިޔަ ޒުވާނާއާއި ގުޅިއްޖެ ކަމަށާއި އޭނާގެ ޙާލު ރަނގަޅު ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.

ފުލުހުން ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫން ގެއްލިގެން ހޯދަމުން ދިޔަ ޢުބައިދުﷲ ޙަސަންއާއި ފުލުހުންނަށް މިހާރު ގުޅިފައިވާ ކަމުގަ އެވެ. އަދި އޭނާގެ ހާލު ރަނގަޅުކަމަށާއި މިވަގުތު އޭނާ ހުރީ މަސްދޯންޏެއްގައި ކަމަށްވެސް ފުލުހުން ވިދާޅުވި އެވެ.

އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުގެ 08:00 ގައި ކަމަށާއި، އޭނާ އެންމެ ފަހުން އޭނާ ފެނުނުއިރު ލައިގެން ހުރީ ސޯޓަކާއި ޓީޝާޓެއް ކަމަށްވެސް ފުލުހުން ވަނީ ހާމަކުރައްވާފަ އެވެ.

ފުލުހުން ވިދާޅުވީ އެންމެ ފަހުން ޢުބައިދުﷲ ފެނިފައިވަނީ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުގެ 08:00 ގައި ހިތަދޫ ގުރައިޝާމަންޒިލް ގެ ކައިރިން ކަމުގަ އެވެ.

ޢުބައިދުﷲ އާ ބެހޭ އެއްވެސް މައުލޫމާތެއް އެނގިލައްވާ ފަރާތެއް ވާނަމަ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަން ނަންބަރު 9791612 އަށް ގުޅުއްވުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކުރައްވާފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *