Search Streamline Icon: https://streamlinehq.com

ޕީޕީއެމްއަށް އަލަށް ގުޅުނު އެތައްހާސް މެމްބަރުންގެ ފޯމް އީސީއަށް ހުށަހަޅައިފި

PPM Media

ސިޔާސީގޮތުން ރާއްޖޭގައި ޙަރަކާތްތެރިވާ އިދިކޮޅު އެއްމެބޮޑު ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި މުޅިން އަލަށް 10،000 މެމްބަރުން ގުޅިވަޑައިގެންފިއެވެ.

ޕީޕީއެމްއާއި އަލަށް ގުޅިވަޑައިގެންވި ދިހަހާސް މެމްބަރުންގެ ފޯމު އެޕާޓީން ވަނީ އިލެކްޝަންސް ކޮމިޝަނާއި ހަވާލުކުރައްވާފަ އެވެ.

ޕީޕީއެމް އާއި އަލަށް ގުޅިވަޑައިގެންނެވި ދިހަހާސް ބޭފުޅުންގެ މެމްބަރޝިޕް ފޯމް އީސީގެ ރައީސް ފުއާދު ތައުފީޤް އާއި ޙަވާލު ކުރެއްވީ، އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ލ. ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް ޢަބްދުﷲ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ނިމިދިޔަ ޖުލައި މަހުގެ ނިޔަލަށް ޕީޕީއެމްގައި ތިއްބެވީ 33،264 މެމްބަރުން ނެވެ. ޕީޕީއެމް އިން އީސީއަށް ހުށަހެޅުއްވި ދިހަހާސް ފޯމް ޕްރޮސެސްކޮށް ނިމުމުން ޕީޕީއެމްގެ ދަފްތަރުގައި ތިބި މެންބަރުންގެ ޢަދަދު 43000 އަށްވުރެ މައްޗަށް އަރާނެއެވެ.

އެހެންކަމުން އެ ޕީޕީއެމްއަކީ ދެވަނައަށް އެންމެ ގިނަ މެމްބަރުން ތިއްބެވި ޕާޓީއަށްވެސް ވެގެންދާނެ އެވެ. މިވަގުތު އެންމެ ގިނަ މެމްބަރުން ތިއްބެވި ޕާޓީކަމުގައިވާ މޯލްޑީވްސް ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގައި ތިއްބެވީ 58،840 މެމްބަރުންނެވެ.

ޕީޕީއެމްއިން ހާމަކުރެއްވި ގޮތުގައި ”މަވެސް ޕީޕީއެމް“ މިނަމުގައި، އެ ޕާޓީއަސް މެމްބަރުން އިތުރު ކުރުމުގެ ހަރަކާތްތަކެއް ޕީޕީއެމް އިން ދަނީ ކުރިއަށް ގެންދަމުންނެވެ.

އެހެންކަމުން ކުރިއަށް އަހަރެއްހާއި ދުވަހުގެ ތެރޭގައި ރާއްޖޭގައި އޮތް އެންމެ ބައިގިނަ ޕާޓީ ކަމުގައި ޕީޕީއެމް ވެގެންދާނެ ކަމަށްވެސް ޕީޕީއެމް ކޯލިޝަނުން އުއްމީދު ކުރައްވައެވެ.

Leave a Reply

Your email address will not be published. Required fields are marked *